ކ. ގުޅީގައި ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 20:20 ހާއިރު ކ. ގުޅީގައި ކަރަންޓުގައި ޖެހިގެން މަރުވެފައި ވަނީ އެރަށު ބޯޓު ޔާޑުގައި އެހެލާފައި އޮތް ބޯޓެއްގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝް އެމް.ޑީ ރަސެލް 37، ކަމަށެވެ. އޭނާ ކަރަންޓުގައި ޖެހިގެން ގުޅީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.