ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިންގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެށުމުގެ ޖަލްސާގައި ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

ޔާމިންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް އިހްތިޔާރު ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އެމަނިކުފާނު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު، މަޖިލީހުގެ މެންބަރުންތަކެއް ވެސް މިރޭގެ ޖަލްސާގައި ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިރޭގެ ޖަލްސާގައި ޕީޕީއެމްއާ ގުޅޭނެ ކަަމަށް އަޑު ފެތުރިފައިވާ އެއްވެސް މެންބަރެއް އަދި އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.