13 Oct 2010, 16:16
ހަތަރު ދާއިރާއެއްގެ ނައިބުގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ. މިގޮތުން އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު ލަރިއްސާ ފާޠިމަތު ނުޒުހާއާއި މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުގެ މަގާމަށް ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ގަލޮޅު ހިލިހިލާގޭ ޙުސައިން އިރްފާން ޒަކީއާއި، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ހދ. ކުޅުދުއްފުށީ އޯޝަންވިލާ ޙަސަން ޒިޔާދެވެ.