މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް ވަގުތީ ގޮތުން ހިންގެވުން އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަވާލުކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީ ހިންގެވުމަށް އާޒިމާއާ ހަވާލުކުރެއްވުމުގެ ކުރިން އެމިނިސްްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެންވައިރަމަންޓް މިނިސްޓާ ޑރ. މަރިޔަމް ޝަކީލާ އެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ފާތުމަތު ދިޔާނާ ސައީދު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.