ހއ. އަތޮޅު ކައުންސިލްގެ ޑީއާރްޕީ މެންބަރު ޙުސައިން ނަސީރު އެޕާޓީން އިސްތިއުދެއްވައިފި އެވެ.

ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީ އަށް ނަސީރު މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ގިނަ ކަންކަމުގައި އެ ޕާޓީން އަމަލުކުރަމުން ދަނީ ގައުމަށްވުރެ އަމިއްލައެދުން އިސްކޮށްގެން ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރުމަށް އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވޯޓު ދެއްވާފައި ވުމަކީ ޑީއާރްޕީގެ މަޖިލީސް މެންބަރުންނަކީ ގައުމަށް ވަފާތެރިވާނެ ބައެއްނޫންކަން ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ވެސް ވަނީ ގިނަ ކައުންސިލަރުންތަކެއް ޑީއާރްޕީން ވަކިވެގެން ޕީޕީއެމް އަށް ގުޅިފަ އެވެ. އެކަމާ ގުޅޭގޮތުން ޑީއާރްޕީން ބުނެފައި ވަނީ އިސްތިއުފާދޭ ކައުންސިލަރުންނަކީ ކުރިން ވެސް ޕީޕީއެމް އަށް ތާއީދު ކުރާ ބައެއް ކަމަށެވެ.