Last Updated:
1 decade 3 year ago

އިންތިހާބު ނިމެންދެން ޝަރީއަތް ފަސްކުރަން ޕީޖީގެ އިއުތިރާޒެއް ނެތް: ނަޝީދުގެ ވަކީލުން

  • މިއަދުގެ އަޑުއެހުމަށް ނިމުމަށް ފަހު ނަޝީދު ދޫކޮށްލައިފި
ބުލޮގު ޚުލާސާ
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރު ތަންފީޒުކޮށް، ނަޝީދު ކޯޓަށް ހާޒިރުކޮށްފި އެވެ.

ނަޝީދު މިއަދު ހަވީރު 4:00 އަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރީ، ޝަރީއަތަށް އެމަނިކުފާނު ހައްޔަރުކޮށްގެން ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކޮށްފައިވާތީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން އެމްއެންޑީއެފް މެދުވެރިކޮށް ރައީސް ނަޝީދު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެންނެވެ.

17:54

އިންތިހާބް ނިމެންދެން ވެސް އަދި ހަތަރު ހަފްތާއަށް ޝަރީއަތް ފަސްކޮށް ކުރުމަށް ވެސް ޕީޖީގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމަށް ކޯޓުގައި ޕީޖީގެ ފަރާތުން ބުނި.
17:52

އެފްޑީއައި ސްޓޭޝަން ސަރަހައްދުގައި މުޒާހަރާ ކުރަމުން ގެންދިޔަ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު ކޯޓުން ނުކުމެވަޑައިގެން ވަޑައިގަތުމާ ގުޅިގެން އުފާފާޅުކުރުމަށް ފަހު، އެސަރަހައްދު ދޫކޮށް ހިނގައްޖެ. މިހާރު އެސަރަހައްދު ވަނީ އާއްމު ހާލަތަށް ބަދަލުވެފައި.
17:46

ރައީސް ނަޝީދުގެ ޝަރީއަތް ރިޔާސީ އިންތިހާބް ނިމެންދެންނ ފަސްކޮށްދިނުމަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ފަރާތުން ވަނީ ކޯޓުގައި އެދިފައި ކަމަށާއި އެކަަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް ނަޝީދުގެ ލޯޔަރުން ވިދާޅުވި. ނަމަވެސް ކޯޓުގެ ބެންޗުން ނިންމީ ޝަރީއަތް ފަސްކުރެވޭނީ ހަތަރު ހަފްތާއަށް ކަމަށް ވެސް އެބޭފުޅުން ވިދާޅުވި.
17:38ޖަސްޓިސް ބިލްޑިންގް ސަރަަހައްދު

ރައީސް ނަޝީދު ކޯޓުން ނިކުމެވަޑައިގެންނެވުމަށް ފަހު، ކާރަށް އަރާވަޑައިގެން އެސަރަހައްދުން ވަޑައިގެންފި.
17:36ޖަސްޓިސް ބިލްޑިންގް

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުންތައް ހަތަރު ހަފްތާއަށް ފަސްކޮށްފި.
17:05

ނަޝީދުގެ ޝަރީއަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކެއްގެ ގޮތުގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ ހާޒިރުކޮށްފަ.

16:49

މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ އިތުރު އަންހަނަކު ވަނީ ހައްޔަރުކޮށްފަ.
16:32ފުލުހުންގެ އިދާރާ

ފަރީދީ މަގު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގައި އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު އެސަރަހައްދުގައި ބަހައްޓާފައި ހުރި ފުލުހުންގެ ބެރިކޭޑެއް ގެންގޮސްފި.
16:23

ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދާއިރު ޖަސްޓިސް ބިލްޑިންގްއާ ކައިރި ގިނަ މަގުތަކެއް ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ.
16:17

އެމްޑީޕީން މުޒާހަރާ ކުރަމުންދާއިރު އެސަރަހައްދަށް ބޯކޮށް ދަނީ ވާރޭ ވެހެމުން. ނަމަވެސް މުޒާހަރާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ނުދޭ. ދެންމެއަކު އެފްޑީއައި ކައިރިން ފުލުހުން ޖަހާފައިވާ ބެރިކޭޑް ފަޅައިލައި އެތެރެއަށް ވަންނަން މަސައްކަތް ކުރި އަންހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ.
ފުލުހުންގެ މީޑިއާ އޮފިޝަލްފުލުުހުންގެ އިދާރާ

ރައީސް ނަޝީދުގެ ޝަރީއަތަށް މިއަދު ވަޑައިގެން ނަޝީދުގެ ގާނޫނީ ޓީމުގެ ބޭފުޅުންގެ ތެރެއިން މާރިޔާ އަހުމަދު ދީދީއަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ފުލުހުން ހުރަސްއަޅާފައިވަނީ "އެކްސެސް" ފާސް ނެތުމުން
ރައީސް ނަޝީދުގެ ޝަރީއަތަށް ވަޑައިގެން ނަޝީދުގެ ގާނޫނީ ޓީމުގެ ބޭފުޅުންގެ ތެރެއިން މާރިޔާ އަހުމަދު ދީދީއަށް ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިނުގެންނެވުނީ "އެކްސެސް" ފާސް ނެތުމުން.
16:12

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މިއަދު ކޯޓުގައި އޮތް ޝަރީއަތަށް ވަދެވޭނީ ކަނޑައެޅިފައިވާ ފާސް އޮންނަ މީހުންނަށް އެކަނި ކަމަށް.

16:12

16:03އެފްޑީއައި ސްޓޭޝަން ކައިރިން

ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާ އެމްޑީޕީގެ ސަޕޯޓަރުން ވަނީ ފަރީދީމަގު އެފްޑީއައި ސްްޓޭޝަން ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުން. އެއްވެ ތިބި މީހުން ގޮވާލަމުން ގެންދަނީ ރައީސް ނަޝީދު ދޫކޮށްލުމަށް.
15:52

ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ނަޝީދު ފުލުހުންގެ ބެލެމުގެ ދަށުން، ކޯޓަށް ހާޒިރު ކުރީ ފުލުހުންގެ ވެހިކަލެއްގަ އެވެ.