ހެންވޭރު ފަތާ ޓްރެކް ސަރަހައްދު ކައިރީގައި ހުންނަ ހަކަތަ ޕެޓްރޯލް ޝެޑް ތެރޭގައި އޮތް ތެޔޮ އުފުލާ ވެހިކަލެއްގައި ރޯކޮށް އަންދާލައިފި އެވެ.

ރޭ ދަންވަރު ހިނގި އެ ހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއް ނުވެ އެވެ.

ރޭ ދަންވަރު 2:30 އެހާކަންހާއިރު ފުލުހުންނާއި ސިފައިން ވަނީ އެ ވެހިކަލަގައި ރޯކޮށްލި އަލިފާން ނިއްވާލުމަށް ފަހު އިމާރާތުގައި ރޯވި އަލިފާން ނިއްވާލާފަ އެވެ.

ފުލުހުން ބުނީ އެ ވެހިކަލްގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރި ވަގުތު ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ.