Last Updated:
1 decade 3 year ago

ރައީސް ނަޝީދުގެ ހައްޔަރާ އެކު ހަމަނުޖެހުން

    ބުލޮގު ޚުލާސާ
    މާދަމާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރު ތަންފީޒު ކިރުމުގެ ގޮތުން ފުލުހުން ނަޝީދު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި އެވެ.

    http://www.youtube.com/watch?&v=MZN5oI-eBIc
    ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ މިއަދު މެންދުރު 1:30ގައި ފުލުހުން ރައީސް ނަޝީދު ހައްޔަރުކޮށްފައި ވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބާއްވާ ޝަރީއަތަށް އެމަނިކުފާނު ހައްޔަރުކޮށްގެން ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކޮށްފައިވާތީ ކަމަށެވެ.

    އޭނާ ވިދާޅުވީ މެންދުރު 1:30ގައި ނަޝީދު ހައްޔަރުކޮށްފައިވާ އިރު 1:35ގައި ޕޮލިސް ލޯންޗުގައި އެމަނިކުފާނު ދޫނިދޫއަށް ގެންދިޔުމަށް މިހާރު ފުރާފައިވާ ކަމަށެވެ.

    ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން އެމްއެންޑީއެފް މެދުވެރިކޮށް ރައީސް ނަޝީދު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެންނެވެ.

    މީގެ ކުރިން ދެފަހަރެއްގެ މަތިން ނަޝީދުގެ ޝަރީއަތް ޝެޑިއުލްކުރި ނަމަވެސް އިންޑިއަން ހައިކޮމިޝަންގެ ތެރެއަށް ވަދެވަޑައިގެން ނަޝީދު ހުންނެވުމުން އެމަނިކުފާނު ހައްޔަރު ނުކުރެވޭތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

    ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހުއެވެ. އެ ދުވަހު ވެސް އެމަނިކުފާނު ކޯޓަށް ހާޒިރު ކޮށްފައި ވަނީ ހައްޔަރުކޮށްގެނެވެ. އެދުވަހު ނަޝީދު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުވާ ސާބިތުކުރާން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.

    ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.

    18:26

    މިހާރު ވެސް ކޮންމެ ވެސް ވަރަކަށް އެސަރަހައްދުގައި މީހުން ހަރަކާތްތެރިވަމުން އެބަދޭ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
    18:23

    މުޒާހަރާ ކޮންޓްރޯލްވުމުން އެ ސަރަހައްދު ދޫކޮށް ފުލުހުން ހިނގައްޖެ
    ޑީއާރުޕީ، ޕީޕީއެމްގެ މެސެޖް

    ރައީސް ނަޝީދު ހައްޔަރުކުރި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ސަންގެ ނޫސްވެރިއާ އަށާއި ވީޓީވީގެ ޖާނަލިސްޓަކަށް ދިން ހަމަލާ ޑީއާރުޕީ އަދި ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.

    ޑީއާރުޕީން އެއަމަލް ކުށްވެރިކޮށް ފޮނުވާފައިވާ މެސެޖެއްގައި އެފަދަ އަމަލްތައް ހުއްޓާލުމަށް ގޮވާލައިފައިވެ އެވެ. އަދި މީޑިއާތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ޑީއާރުޕީން ވަނީ ގޮވާލައިފަ އެވެ. ޕީޕީއެމުން ފޮނުވި މެސެޖްގައި ބުނެފައިވަނީ ނޫސްވެރިންނަށް ދިން އެހަމަލާތަކާއި ފުލުހުންނަށާއި ސިފައިންނަށް ދެމުން ގެންދާ ހަމަލާތައް ވެސް ކުށްވެރިކުރާ ކަމަށެވެ. އެފަދަ ލާއިންސާނީ އަމަލްތައް މިހާރުން މިހާރަށް ހުއްޓާ ލުމަށް ވެސް ގޮވާލައިފައިވެ އެވެ.

    18:00ފުލުހުންގެ އިދާރާ

    މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ސަރަހައްދު ކަންމައްޗަށް އެއްވެފައިވާ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނާ ދިމާލަށް ފުޅި ފަދަ އެއްޗެހި އުކަމުންދާ ކަމަށާއި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި.

    17:56

    މުޒާހަރާ އަދިވެސް ކޮންޓްރޯލް ނުކުރެވޭ.
    17:35

    ފުލުހުން އައުމާ އެކު އެސަރަހައްދަށް އެއްވެފައިވާ މީހުންތައް ދުވެފައި ގޮސް މާލެ ސިޓީ ސަރަަހައްދަށް ޖަމާވެއްޖެ. އެމީހުން ކުރިން ތިބި އަލިކިލޭގެފާނު މަގާއި މަޖީދީމަގު ދިމާވާ ހަތަރު އަނގޮޅި ކަންމަތީގައި ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުން.
    17:34މާލެ ސިޓީ ކައުންސިލްގެ ސަރަހައްދު

    އަނެއްކާ ވެސް ރަޔަޓް ފުލުހުން އެސަރަހައްދަށް ހިނގައްޖެ
    17:30މާލޭ ސިޓީ ކައުންސިލް ސަރަހައްދު

    ފުރޮޅާލާފައިވާ ރެޑްވޭވް ވޭންގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އޭގެ ތެރޭގައި ހުރި ފޮށިގަނޑުތަކެއްގެ ތެރެއިން ކިރު ޕެކެޓްތަކެއް ނަގައި މުޒާހަރާގެ ތެރެއަށް ބެހުމުން އެތަކެތި އެމީހުން ބޯން ފަށައިފި.
    17:24

    17:20މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދު

    މަލޭ ސިޓީ ކައުންސިލްގެ ސަރަހައްދުން ދުއްވާފައި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް) ގެ ފިހާރައެއްގައި ބޭނުން ކުރަމުން ގެންދިޔަ ވޭނެއް ވެސް ފުރޮޅައިފި. އެގައި ހުރީ ވޭނަށް ވަނީ މުދާ ވެސް ބަރުކޮށްފަ.
    17:16

    މަޖީދީމަގުން ދުއްވާފައި ދަނިކޮށް މުޒާހަރާގެ ތެރެއިން ހިފެހެއްޓި ސަރުކާރުގެ ޕިކަަޕު މުޒާހަރާގެ ބައިވެރިން ވެގެން ފުރޮޅާލައިފި.
    17:16

    17:10މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދު

    މާލޭ ސިޓީ ކައުންސިލް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޔަޓް ފުލުހުން އެސަަރަހައްދު ދޫކޮށް ހިނގައްޖެ.
    17:08
    17:02މާލޭ ސިޓީ ކައުސިލް ސަރަހައްދު

    މުޒާހަރާ އަދިވެސް މުޅިން ކޮންޓްރޯލް ނުވޭ. އެސަރަަހައްދުގައި އަދިވެސް އެމްޑީޕީން ގެންދަނީ މުޒާހަރާ ކުރަމުން،
    16:59މާލޭ ސިޓީ ކައުންސިލް ސަރަހައްދު

    މާލޭ ސިޓީ ކައުންސިލްގެ ސަރަަހައްދުގައި ކުރިއަށް ދިޔަ މުޒާހާރާގެ ތެެރެއިން ފުލުހުން ބަޔަކު ހައްޔަރުކުރުމަށް މަސައްކަތް ކުރަނީ.
    16:58

    16:47މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދު

    މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދުގައި އެމްޑީޕީން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 20 މީހުން ވަނީ ހައްޔަރުކޮށްފަ.
    16:37

    16:35މާލެ ސިޓީ ކައުންސިލް ސަރަހައްދު

    ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދޫ އީސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
    16:33

    16:24މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދު

    މާލޭ ސިޓީ ކައުންސިލް ސަރަހައްދުގައި ކުރަމުން ގެންދާ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދޭން ފަށައިފި. އެސަރަހައްދުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި.
    އެމްޖޭއޭގެ ނޫސްބަޔާންއެމްޖޭއޭ

    ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ކަވަރުކުރުމުގައި އުޅުނު ސަންގެ ނޫސްވެރިއަކަށާއި ވީޓީވީގެ ޖާނަލިސްޓަކަށް ބަޔަކު ދިން ހަމަލާ މޯލްޑިވްސް ޖާނަލިސް އެސޯސިޢޭޝަނުން ވެސް ކުށްވެރިކޮށްފި އެވެ.

    އެކަން ކުށްވެރިކޮށް އެމްޖޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރުކުރި އިވެންޓް ކަވަރުކުރުމުގެ މަސައްކަތްކުރި ސަން އޮންލައިންގެ ޖާނަލިސްޓް މުރުޝިދު އަބްދުލް ހަކީމާއި، ވީޓީވީގެ ޖާނަލިސްޓް ރިލުވާން މޫސާ އަށް މިއަދު ގ. ކެނަރީގޭ ސަރަހައްދުން ދިން ހަމަލާ މިޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

    އެސަރަހައްދުގައި މުރުޝިދު ހުއްޓުވައި އޭނާއަށް ހަމާލާދީ ތަޅައިގަތުމުގެ އިތުރަށް އޭނާގެ ފޯން ވަނީ ފޭރިގެންފަ އެވެ. އަދި އޭނާގެ ގަމީހުގެ ގޮށްތައް ކޮށާލައި ވަނީ ގަމީސް ވީދާލާފަ އެވެ. ވީޓީވީގެ ޖާނަލިސްޓް ހިފަހައްޓާ އޭނާގެ އަތުގައި އޮތް ކެމެރާ އަތުލާ، ޓޭޕް އަތުލުމުގެ އިތުރަށް ކެމެރާއަށް ވަނީ ގެއްލުންދީފަ އެވެ.

    އެދެ ހަމަލާއަކީ ސީދާ ނޫސްވެރިކަމަށް ދިން ދެ ހަމަލާ ކަމަށް މިޖަމިއްޔާއިން ދެކި، އެދެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު، އަދި އެއީ ނުސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދިން ފިނޑި، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް މިޖަމިއްޔާއިން ދެކެމެވެ.

    މިޖަމިއްޔާއިން ގޮވާލަނީ އެ ދެ ހަމަލާ ދިން ފަރާރްރައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށެވެ.

    16:18މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދު

    މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި އެޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު އިހުތިޖާޒު ކުރަމުން ދަނިކޮށް، އެސަރަހައްދަށް ގިނަ އަދަދެއް ރަޔަޓް ފުލުހުން ހިނގައްޖެ
    ބްރޯޑްކާސްޓިން ކޮމިޝަންގެ ނޫސްބަޔާންމޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

    ވީޓީވީ އާއި ސަންގެ ނޫސްވެރިންނަށް ދިން ހަމަލާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ކުށްވެރިކޮށްފި އެވެ.
    އެކަން ކުށްވެރިކޮށް އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ކަވަރު ކުރަން ގ.ކެނެރީގޭ ދޮށުގައި މިއަދު މެންދުރު ފަހު ހަރަކާތްތެރިވި ވީޓީވީގެ ކެމެރާމަނަކަށާއި ސަން މީޑިއާގެ ނޫސްވެރިއަކަށް ބަޔަކު ހަމަލާދީ ބައެއް ބްރޯޑްކާސްޓް އިކުއިޕްމަންޓަށް ގެއްލުންދީ ހަލާކުކޮށްލުން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދިން ފިނޑި، އެހާމެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ. މި ހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް މީޑިއާ އަށް ފުރުސަތުދީ އެއްބާރުލުން ދިނުމަށް ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް މި ފުރުސަތުގައި ގޮވާލަމެވެ.
    15:59ކެނެރީގޭ ސަރަހައްދު

    ކެނެރީގޭ ކައިރިން ހިފެހެއްޓި ފުލުސް މީހާ ދުއްވި ސައިކަލްގައި އެސަރަހައްދުގައި ތިބި ބަޔަކު ރޯކޮށްލައިފި
    ފުލުހުންގެ ނޫސްބަޔާންފުލުހުންގެ އިދާރާ

    ހުޅުމާލޭ ކޯޓުގައި ހިނގަމުންދާ ޝަރީއަތަކާއި ގުޅިގެން ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މާދަމާ، 2013 މާރޗް 6 ވަނަ ދުވަހު ހަވީރު 16:00 ގައި އޮންނަ ޝަރީޢަތުގެ މަޖުލީހަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން ކުރި އަމުރު ތަންފީޒުކުރުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

    މިއަދުގެ 13:30 ހާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމަނިކުފާނު ގ. ކެނެރީގޭގައި ހުންނަވަނިކޮށް އެމަނިކުފާނަށް ކޯޓު އަމުރު ދެއްކުމަށްފަހުއެވެ. ނަމަވެސް އެމަނިކުފާނު ކޯޓު އަމުރާއި ޙަވާލުވެވަޑައިގެންފައެއް ނުވެއެވެ.

    އެހެންނަމަވެސް އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކޯޓުއަމުރު އޮތްކަން އެމަނިކުފާނަށް އަނގަބަހުން ދަންނަވައި ޤާނޫނީ ގޮތުން އަންގަންޖެހޭ އެންމެހައި އެންގުންތައް އަނގަބަހުން އެމަނިކުފާނަށް އެންގުމަށް ފަހުއެވެ.

    ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޯޓުއަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ވަނީ އެންގިފައެވެ. އެފަރާތްތަކުން މިކަމުގައި ފުލުހުން ޙަރަކާތްތެރިވާގޮތް ބެއްވެލުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަރުޙަބާ ކިޔާނެ ކަމެކެވެ.

    މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަގުތު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ އުޞޫލުދަށުން ލިބިދެވޭނެއެވެ.

    15:56ކެނެރީގޭ ސަރަހައްދު

    ގ.ކެނެރީގޭ މަގުން ސައިކަލެއްގައި ދިޔަ ފުލުހަކަށް އެސަރަހައްދަށް އެއްވެ ތިބި ބަޔަކު ހަމަލާދީ މާރާމާރީ ހިންގައިފި. އެ ސަރަހައްދުގައި ތިބި މީހުން ވަނީ އެ ފުލުސް މީހާ ހިފަހައްޓާ ލަޓި ބުރިފަދަ އެއްޗެހިން ބޭނުންކޮށްގެން ހަމަލާދީފަ. އެއަށްފަހު އެމީހާ ވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ.
    15:34

    މަޖީދީމަގާއި އަލިކިލެގެފާންމަގު ގުޅުނު ހަތަރުއަނގޯޅީގައި ކަންމަތީގައި ހުރި ސީޓީވީ ކެމެރާ ހަރުކޮަށްފައި ހުރި ހޮޅިދަނޑިއަށް މޫނުނިވާކޮށްގެން ހުރި މީހަކު އަރައި ކެމެރާ އަށް ސްޕްރޭކޮށްފި. އެ ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލެއް ހިފަހައްޓައި ވެހިކަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފި.
    15:27

    15:26

    މަޖީދީމަގުން ސައިކަލްގައި ދުއްވާފައި ދިޔަ ފުލުސް މީހެއްގެ ސައިކަލްގައި ވައްޓާލައި އޭނާ އަށް ހަމަލާދީފި އެވެ. އަދި އޭނާ އަށް އަނިޔާ ކުރުމުން އޭނާ ވަނީ ސައިކަލް ދޫކޮށްލައި ގޮސްފަ އެވެ.
    15:21

    މަޖީދީމަގުން ދުއްވާފައި ދިޔަ ސަރުކާރުގެ ޕިކަަޕެއް މުޒާހަރާގެ ބައިވެރިން ހިފަހައްޓައި ޕިކަޕްގެ ޑްރައިވަރު ފޮނުވާލައިފި އެވެ. ބިދޭސީއަކު ދުއްވި ޕިކަޕް ވަނީ މަޖީދީމަގުން އަލިކިލެގެފާންމަގު ކަންމަތީގައި ޕާކްކޮށްފަ އެވެ.
    15:02

    14:55ފުލުހުންގެ އިދާރާ

    ފުލުހުން ބުނީ އަލިކިލޭގެފާނު ރެއިންބޯ ފިހާރަ ކައިރިން މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ 04 ފުލުހަކަށް 1:50 އެހާކަންހާއިރު އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި. އަދި އެގަޑީގައި މާލެ ސިޓީ ކައުންސިލް ކައިރިން ވެސް ފުލުހަކަށް އަނިޔާކޮށްފައިވާ ކަމަށާއި އެމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
    ކޯޓް އަމުރުހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް

    ރައީސް ނަޝީދު ފުލުހުންގެ ބެލުމުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ނަޝީދު އެކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާރިޒުކުރުމުގެ އަމަރު 04 ފެބްރުއަރީ 2013 ގައި ފޮނުވުމުން އެއްވެސް މަގުބޫލް އުޒުރެއް ނެތި އެމައްސަލާގައި 10 ފެބްރުއަރީ 2013 ގައި ބޭއްވުމަށް ސެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް އެއްވެސް މަގުބޫލް އުޒުރެއް ނެތި ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެއަށްފަހު ދެވަނަ ފަހަރަށް ނަޝީދު ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރާ އެއްގޮތަށް ނަޝީދު ހާޒިރުކޮށްދީފައިނުމުން ބެލިއިރު ފުލުހުންނަށް އެކަންތައް ނުކޮށްދެވިފައިވަނީ އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި ނަޝީދު ހުންނެވުމުން ކަމަށް ފުލުހުން އަންގާފައިވާ ހިނދު "ކޯޓަށް މީހުން ހާޒިރުކުރުމާ ބެހޭ ގަވާއިދުގެ" 5 ވަނަ މާއްދާގެ (ރ) އާއި ހަވާލާދީ އެމާއްދާގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނަޝީދު ބަންދުގައި ބަހައްޓައިގެން 6 މާޗް 2013 ވާ ބުދަ ދުވަހުގެ 16:00 އަށް ޝަރީއަތުގެ މަޖިލީހަށް (ޖަސްޓިސް ބިލްޑިންސް ތިރީގައިވާ ޝަރީއަތްކުރާ މާލާމަށް) ނަޝީދު ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފީމެވެ
    ފުލުހުންގެ ބަޔާންފުލުހުންގެ އިދާރާ

    މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކާއި މީޑިއާގައި ބޭނުންކުރާ ތަކެއްޗަށްދޭ ގެއްލުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި މިނިވަންކަމާއެކު މީޑިއާގެ ފަރާތްތަކުން ހަރަކާތްތެރިވެ ޚަބަރު ކަވަރު ކުރުމަށް ފުރުޞަތު ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަން
    14:36

    14:33މާލޭ ސިޓީ ކައުންސިލް ސަރަހައްދު

    މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދުން އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ޓައިއެއް އަޅައިގެން ސައިކަލެއްގައި ދުއްވާފައި ދިޔަ މިހަކު ހުއްޓުވާ އެމީހާ ބިއްމައްޗަށް ވައްޓާލައި، މާރާމާރީ ހިންގަން ފެށުމާ ގުޅިގެން އެމީހާ ވަނީ ސައިކަލް ދޫކޮށްލުމަށްފަހު އެސަރަހައްދުން ފިލައިފައި
    14:32ފުލުހުންގެ އިދާރާ

    ފުލުހުން ބުނީ ސަންގެ ރިޕޯޓަރަށް ކެނެރީގޭ ސަރަހައްދުން ބަޔަކު ހަމަލާދިން ވަގުތު އެގޭ ކައިރީގައި ހަރަކާތްތެރިވި ވީޓީވީ ކެމެރާމަނަކަށް ވެސް އެސަރަހައްދުން ބަޔަކު ހަމަލާދީ މާރާމާރީ ހިންގައި އޭނާގެ އަތުގައި އޮތް ކެމެރާއަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެ ކެމެރާގައި އޮތް ޓޭޕް ބަޔަކު މީހުން އަތުލާފައިވާކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
    ފުލުހުންގެ އިދާރާ

    ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ދެންމެ ވިދާޅުވީ ރައީސް ނަޝީދަށް ކޯޓު އަމުރެއް ނުދައްކާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ކެނެރީގެއަށް ފުލުހުން ގޮސް، ކޯޓުގެ އެ އަމުރު ނަޝީދާ ހަވާލުކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އަމުރާ ނަޝީދު ހަވާލުވެވަޑައިނުގަތުމުން، އޭގައި އޮތް އެއްޗެއް ނަޝީދަށް ފުލުހުން ކިޔާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ނަޝީދު ހައްޔަރުކުރީ ވެސް ހައްޔަރުކުރަން އުޅޭ ވާހަކަ އެގެެއަށް ދިޔަ ފުލުހުން ނަޝީދުގެ އަރިހުގައި ބުނުމަށްފަހު ކަމަށް ވެސް ހަނީފު ވިދާޅުވި.
    ފުލުހުން ގޮސް ކޯޓުގެ ނަޝީދާ ހަވާލުކުރުމަށް މަސައްކަތް ކުރި، ނަމަވެސް އެ އަމުރާ ނަޝީދު ހަވާލުވެވަޑައިނުގަތުމުން، އޭގައި އޮތް އެއްޗެއް ނަޝީދަށް ކިޔާދިނުމަށްފަހު ހައްޔަރުކުރީ ވެސް ހައްޔަރުކުރަން އުޅޭ ވާހަކަ އެގެެއަށް ދިޔަ ފުލުހުން ނަޝީދުގެ އަރިހުގައި ބުނުމަށް ފަހު
    14:21މާލޭ ސިޓީ ކައުންސިލް ކައިރިން

    މާލޭ ސިޓީ ކައުންސިލް ސަރަހައްދަށް ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން އެއްވެގެން އެބައުޅޭ.
    ހިސާން ހުސެއިންފުލުހުންގެ އިދާރާއިން

    ރައީސް ނަޝީދުގެ ގާނޫނީ ވަކީލާ ހިސާން ހުސެއިން ސަންއަށް ދެެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި މީހަކު ހައްޔަރުކުރާ ނަމަ އެމީހަކު ހައްޔަރުކުމަށް ނެރެފައިވާ ކޯޓު އަމުރު އެމީހަށް ދައްކަން ޖެހޭނެ ކަމަށް.

    ކޯޓު އަމުރެއް އޮވެ ހައްޔަރުކުރާނަމަ ވެސް އެކޯޓު އަމުރު ޖެހޭނެ ފުލުހުން ދައްކަން، ނަަމަވެސް އެއަމުރު ނަޝީދަށް އަދި އަޅުގަނޑުމެންނަށް ވެސް ދައްކާފައެއް ނުވޭ، އަޅުގަނޑުމެންނަށް ނަޝީދާ ގުޅުމުގެ ފުރުސަތެއް ވެސް ނުދިން ފުލުހުން، އަޅުގަޏޑުމެން ވާނީ އެ އަމުރުގެ ކޮޕީއަކަށް ވެސް އެދިފައި

    މީޑިއާ އޮފިޝަލް ހަސަން ހަނީފުޕޮލިސް އިދާރާ

    ރައީސް ނަޝީދު ކެނެރީގޭގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މިއަދު 1:35 އެހާކަންހާއިރު ވަނީ ދޫނިދޫއަށް ގެންގޮސްފައި
    13:57ކެނެރީގޭ ތެރެއިން

    މުރުޝިދު ބުނިގޮތުގައި އޭނާ އެގޭ ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް އޭނާއަށް ހަމަލާދިން މީހުން ވަނީ އޭނާ ލައިގެން ހުރި ގަމީސް ގޮއްފައްޗާއި އެކުގައި އިރާލައިފައި.
    13:55ކެނެރީގޭ ތެރެއިން

    ސަންގެ ނޫސްވެރިޔާ މުރުޝިދު މިހާރު ހުރީ ކެނެރީގޭ ތެރޭގައި ރައީސް ނަޝީދުގެ އާއިލާގެ މީހުންގެ ހިމާޔަތުގައި ކަމަށްވޭ. އޭނާގެ ފޯން ފޭރިގެންފައިވާތީ ސަން އާ މުއާމަލާތްކޮށްފައިވަނީ ރައީސް ނަޝީދުގެ އާއިލާގެ މެމްބަރެއްގެ ފޯނުން.
    13:52ކެނެރީގޭ ސަރަހައްދު

    ރައީސް ނަޝީދު ހައްޔަރުކުރުމަށް ފުލުހުން ގ.ކެނެރީގޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ހަބަރު ކަވަރުކުުރުމަށް ސަން އޮންލައިންގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް އެގޭ ކައިރިއަށް ދިއުމުން އެސަރަހައްދުގައި ތިބި ބަޔަކު، އޭނާއަށް ހަމަލާދީ ތަޅައިގަނެ އޭނާގެ ފޯން ފޭރިގެންފި.