އޭއެޕްސީ ކަޕްގައި ހޮންކޮންގުގެ ސަންރޭ ކޭވް ޖޭސީ ސަންހައި ޓީމާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިއަދު ނުކުންނާނީ ގައުމަށް ރީތި ނަމެއް ހޯދަ ދޭން ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު 4:00 ފަށާ އެ މެޗުގެ ކުރިން ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ޗެއާމަން ބަލަކް ވިދާޅުވީ، ނިއު ރޭޑިއަންޓުން މިއަދު އެ ނިކުންނަނީ ގައުމު ތަމްސީލު ކުރަން ކަމަށާއި އެހެން ކަމުން ދިވެހި "ދިދަ" އޭއެފްސީ ކަޕުގައި ވިހުރާލަން ލިބުމުން އެފުރުސަތުގެ ބޭނުން ހިފުމަށް ކުލަބުން މިއަދު އެ ނުކުންނަނީ ރާއްޖެ އަށް ރީތި ނަމެއް ހޯދަ ދޭން ކަމަށެވެ.

"ނިއު މިއަދު އެ ނުކުންނަނީ ގައުމު ތަމްސީލް ކުރަން. އަޅުގަނޑުމެންނަށް ލީބޭނެ އެންމެ ބޮޑު އުފަލަކީ އޭއެފްސީ ކަޕްގައި "ދިވެހި" ދިދަ ވިހުރާލަން ލިބުން. އެހެން ވީމާ ކުޅުންތެރިންނާއި ކުލަބް މިނުކުންނަނީ ރާއްޖެ އަށް ރީތި ނަން ހޯދަ ދޭން" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، މިއަދުގެ މެޗުން ރަނގަޅު ކާމިޔާބީއަކާ އެކު ރަނގަޅު މަގެއް ނިއުއަށް ކޮށޭނެ ކަމުގެ އުންމީދު އެބޮތް ކަމަށާއި އެހެން ކަމުން ވީހާ ވެސް ގިނަ ބަޔަކު ޓީމަށް ސަޕޯޓް ކޮށްދިނުމަށް ދަނޑަށްވަޑައިގަތުމަށެވެ.
ނިއުގެ ޗެއާމަންކަމާއި ބަލަކް ހަވާލުވި ފަހުން އެބޭފުޅާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވެސް ނިއުއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދާ ދީފަ އެވެ.

ނިއުރޭޑިއަންޓުން ސަންހައިގެ ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނަ އިރު، ސަންހައީގެ ޓީމް މީގެ ކުރިން ވަނީ ނިއު ދެ ފަރަރެއްގެ މަތިން ބަލިކޮށްފަ އެވެ. އެއީ ނިއުއާ ދެކޮޅަށް މާލޭގައި 2006 ވަނަ އަހަރު ކުޅުނު މެޗް 2-0 ލަނޑުން ސަންހާއި މޮޅުވި މެޗާއި ހޮންކޮންގުގައި 5-2 ލަނޑުން ސަންހައި މޮޅުވި މެޗެވެ.

މިފަހަރުގެ އޭފްސީ ކަޕުގައި ނިއުރޭޑިއަންޓް ވާދަކުރަނީ ގްރޫޕް އެފްގަ އެވެ. އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސަންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.

ނިއުއާ ދެކޮޅަށް ނިކުންނަ ސަންހައި ޓީމަކީ ހޮންކޮންގައި މިހާރު ކުރިއަށްދާ "ހޮންކޮން ލީގު"ގައި އެންމެ ފުލުގައިވާ ޓީމް ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން ދެން ވާދަކުރަނީ މާޒިޔާ އެވެ. މުބާރާތުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗް އޮތީ މާދަމާ މެލޭޝިއާގެ ކެލަންޓަންއާ ދެކޮޅަށް އެ ގައުމުގަ އެވެ. މިމުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ މާޒިޔާ ހިމެނެނީ ގްރޫޕް ޖީ ފަލީގަ އެވެ. އެ ފަޅީގައި ހިމެނޭ ޓީމް ތަކަކީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.

ގްރޫޕް ސްޓޭޖުގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.

އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެ އިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.