ގިނަ އަދަދެއްގެ ފިރިހެނުންތަކެއްވެން 17 އަހަރުގެ އަންހެން ކުއްޖަކު ހިފަހައްޓައި ރޭޕްކޮށްލައިފި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ބަދުއަހުލާގީ އަމަލުގެ އެ ހާދިސާ މާލޭގައި ހިންގާފައި ވަނީ އިއްޔެ ރޭ ދަންވަރު ކަމަށާއި އެ ހާދިސާއާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.


އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.


ޝިޔާމް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އަންހެން ކުއްޖާ އޭނާގެ ރައްޓެއްސަކާ އެކު ގެސްޓް ހައުސްއަކަށް ދިއުމުން އެތަނުގައި ތިބި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް އެކުވެގެން ކަމަށެވެ.


"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ތަހުގީގު ކުރަމުން މިގެންދަނީ،" ޝިޔާމް ވިދާޅުވި އެވެ.


ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕް ކުރުމުގައި އޭނާގެ ލޯބިވެރިޔާ ވެސް ބައިވެރިވެ އެވެ.  


އަދި ކުޑަ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ 11 ފިރިހެނުންނެވެ.


މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ވެސް މާލޭގައި ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އޭނާގެ ގައިގައި ކަޓަރު އަޅައިފަ އެވެ.