Last Updated: 1 decade 3 year ago
ބުލޮގު ޚުލާސާ
މިއަދަކީ މި އަހަރަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހުޅުއްވާ ދުވަހެވެ. ރައީސްކަމާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ހަވާލުވި ފަހުން އިއްވަވާ ދެވަނަ ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވެވުމަށް ހަމަޖެހިފައިވާއިރު އެބަޔާނަށް ހުރަސްއެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ. ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ މިއަދު 10:00 ޖަހާއިރު އެވެ.
ރައީސް ވަހީދު މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށްފަހު، އެސަރަހައްދު ދޫކޮށް ވަޑައިގެންފަހުން މަޖިލީސް ކުރާ ގޭ ސަރަހައްދަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި. ނަޝީދު ވަނީ އެސަރަހައްދުގައި ތިބި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ.
ރައީސް ވަހީދު ކާރުކޮޅަށް އަރާވަޑައިގެން އެސަރަަހައްދުން ވަޑައިގެންފި
ސިކިއުރިޓީން ދިން ނަސޭހަތާ އެކު ހާމިދު މަޖިލީހުން ނުކުންނަވައިފި. ހަތް ވަނަ ފަހަރަށް ޖަލްސާ ފެެއްޓުމަށް ބެލް ޖަހައިފި.
ނަން އިއްވާފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ތަޅުމުން ނެރުމަށް ސިކިއުރިޓީ އިން ނަސޭހަތް ދިނުމަށް ހޯލަށް ވަދެއްޖެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާ ފެއްޓޭނީ މިއަދު 15:30ގެ ފަހުން ކަމަށް.
މަޖިލީހުގެ ތެރޭގައި ބަހައްޓާފައި ހުރި މާޓުކުރި ވާސްތަކުގެ ތެރޭގައި ހުރި ފެންތައް ރިޔާސަތާ ދިމާލަށް އެމްޑީޕީ މީހުން އުކުމުން މައިކުން ކަރަންޓް ކެނޑިގެން އެކަން ރަނގަޅު ކުރަނީ.
— Rozaina Adam (@Roxeyna)March 4, 2013
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދަނީ މަޖިލީހުގެ ރައީސް ވަހީދު މަޑުކޮށްލައްވައިގެން އިންނެވި ކޮޓަރި ކޮޅު ކައިރިއަށް އެއްވެ އަޑުގަދަ ކުރަމުން
އެމްޑީއޭގެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ދެންމެ މަޖިލީހުގެ ގޯތިތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ވަހީދު މިއަދު ގެއަށް ވަޑައިގެންނަވަން ޖެހޭނީ ރިޔާސީ ބަޔާން އިއްވަވައިފައި ކަމަށާއި އެކަން ކުރުމަށް އޭނާ އެއްބާރުލުން ދެއްވާނެ ކަމަށް. އަދި މިހާ ހިސާބަށް ދިޔައިރު ވެސް ރިޔާސީ ބަޔާން އިއްވިފައި ނުވިނަމަވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެއް އަދި ދަންނަވަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި.
މަޖިލީހުގެ ތެރޭގައި މާރާމާރީ ހިންގައިފި. މާރާމާރީ ހިންގާފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އެމްޑީޕީ މެންބަރުންނާ ދެމެދު. މާރާމާރީ ހިނގީ ކޫ ބޮސް ޖަހާފައިވާ ފޮތިގަނޑު ދަމައިގަތުމުން ކަމަށްވޭ. ފޮތިގަނޑު ނަގާފައި ވަނީ ރައީސް ދައްކަވާ ވާހަކަ ޗެމްބަރަށް ނުފެންނަ ގޮތަށް.
އަލީ ވަހީދު މަޖިލީހުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ މަޖިލީހުގެ ތެރެއަށް ވަންްނަ ސިފައިންގެ ތެރެއިން ދެ ސިފައިންގެ މީހަކާ ނުވައްދާ ގޮތަށް ނިންމާފައިވާ ކަމަށް. އަދި އެގޮތަށް ނިންމީ އެ ދެ ސިފައިންގެ މީހުންގެ 7 ފެބްރުއަރީގެ ހާދިސާއާ ގުޅުން ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށާއި އެނިންމުމަށް އިދިކޮޅު ބައެއް މެމްބަރުން ވެސް ތާއިދާ ކޮށްފައިވާ ކަމަށް ވެސް އެނާ ވިދާޅުވި.
ސިފައިން މަޖިލީހުގެ ޗެންބަރަށް ވަދެއްޖެ، ބެލެވޭ ގޮތުގައި ސިފައިން ވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ގެ ނަން އިއްވާފައިވާތީ މަޖިލީހުގެ ޗެންބަރުން ނެރުމަށް ނަޝޭހަތްތެރިވާން.
I will do everything to uphold the constitution and laws of my country. I will perform my duty to the best of my ability.
— Mohamed Waheed (@DrWaheedH)March 4, 2013
ގާނޫނު އަސާސީއާ ގާނޫނުތައް ނެގެހެއްޓެވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން، އަދި އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ވާޖިބު އަދާކުރުން މަތީގައި ދެމިހުންނާނަން
ޖަލްސާ މެދުކަނޑާލެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަނެއްކާވެސް ޗެންބަރަަށް ވަދެވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ޝާހިދަށް ހުރަސްއަޅައިފަ. އެހެންވެ އަލުން މަޖިލީހަކަށް ވަދެވަޑައިނުގެންނެވުނު
ވޭތުވެދިޔަ އަހަރު ގައުމުގެ ކަންތައްތައސް ރަނގަޅު ކުރުމަށް އަޅުގަނޑު މަސައްކަތްކޮށްފައިވާނީ
ބެލް ޖެހުމުން މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަންނަވަން ފަށައިފި
ނަން އިއްވާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނެރުމަށް މަޖިލީހުގެ ތަޅުމަށް ސިފައިން ވަނުމާ ގުޅިގެން ޖާބިރު އަމިއްލަފުޅަށް ނިކުމެވަޑައިގެންފި
އަލީ ވަހީދު ވެސް ނެރުމަށް ސިފައިން ތަޅުމަށް ވަދެއްޖެ
މަޖިލީހުގެ ތަޅުމުން ރިޔާޒު ނުކުންނެވުމަށް ސިފައިން ތިން ފަހަރެއްގެ މަތިން ނަސޭހަތް ދިނުމުން ވެސް ރިޔާޒު ނިކުންނަވާފައި ނުވާތީ އަނެއްކާ ވެސް ސިފައިން ވަދެއްޖެ
ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒު މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީހުގެ ތަޅުމަށް ސިފައިން ވަދެއްޖެ
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ނާއިބު ރައީސް އަލީ ވަހީދު ދެންމެ ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަޝްވަރާ ކުރި ނަމަވެސް ރިޔާސީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ވެސް ރިޔާސީ ބަޔާން ހުށަނޭޅުއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.
ދިޓީވީގައި ވާހަކަދައްކަވަމުން ގައުމީ އިއްތިހާދުގެ ސްޕޯކްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ މަޖިލީހަށް ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދާއިރު މަޖިލީހުގެ ރައީސްގެ އަމަލްތައް ގެންގުޅުއްވަނީ އެމްޑީޕީގެ މެމްބަރުންނަށް އެއްބާރުލުން ދެއްވުމަށް މަސައްކަތް ކުރައްވާ ފަދަ ގޮތަކަށް ކަމަށް.
މަޖިލީހުގެ ރައީސްގެ އަމަލްފުޅުތައް ހުރީ އެމްޑީޕީގެ މެމްބަރުންނަށް އެއްބާރުލުން ދެއްވަން މަސައްކަތް ކުރައްވާކަން ދޭހަވާ ފަދަ ގޮތަކަށް، ބޭނުމަކީ ބޭރުގެ ދުނިޔެއަށް އެކަންތައްތައް ދެއްކުން
މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގެންނެވުމަށް ރައީިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެމްއެންޑީއެފްގެ ސެކިއުރިޓީންނާ މަޖިލީހުގެ އަމީން އާއްމުއާ އެކު ވަޑައިގެންނެވި. ނަމަވެސް އެމްޑީޕީ ޕާލިމަންޓް މެމްބަރުން ހުރަސްއަޅަމުން ގެންދާތީ ވަނީ އެނބުރި ވަޑައިގެންފަ. އަދި ވެސް ރައީސް ހުންނެވީ މަޖިލީސް ކުރާ ގޭގައި.
މަޖިލީސް ފަސް މިނެޓަށް މެދުކަނޑާލުމާ އެކު ބައެއް މެމްބަރުން މަޖިލީހުގެ ކުޑަ ދަށުގައި ތިބުމަށްފަހު އެތެރެއަށް ވަދެވަޑައިގެންފި