މާފަންނު މަދަރުސާގެ އުތުރުން އޮތް ބިމުގެ ބައެއްގައި ކުޑަކުދިންގެ ޕާކެއްގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭނެ ތަނެއް ތަރައްގީ ކުރުމަށް ގޯތި ގެދޮރާ ބެހޭ ވުޒާރާއިން ނިންމައި، އެކަން ކުރާނެ ބައެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ގޯތިގެދޮރާއި ބެހޭ ވުޒާރާއިން އެ ސަރައްދު ތަރައްގީ ކުރުމަށް ނިންމާ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފަންނު މަދަރުސާގެ އުތުރުން އޮތް ބިމުގެ ބައެއްގައި ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ޕްލޭގުރައުންޑެއް ހެދުމަށާއި އަދި ކާބޯތަކެތި ހިދުމަތްދޭ ތަނެއްގެ ގޮތުގައި ރެސްޓޯރެންޓެއް ، ކެފޭ ނުވަތަ ފުޑް ކޯޓެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ވުޒާއިން ކޮށްފައިވާ އެ އިއުލާންގައި ބުނެފައިވަނީ އެ ސަރައްދު ތަރައްގީ ކުރުމަށް ޝައުވެރިވާ ފަރާތްތަކަށް އެ މިނިސްޓްރީން އެ މަސައްކަތުގެ ތަފްސީލް އެރުވުމަށް ފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭފްރީލް މަހުގެ އެއް ވަނަ ދުވަހަށް އޮންނާނެ ކަމަށެވެ.

މާފަނު މަދަރުސާ އުތުރުން އޮތް ބިން ތަރައްގީކުރުމުގެ މަގުސަދަކީ އެ ސަރައްދުގައި ކުޑަކުދިން ކުޅޭ އިތުރު ބިމެއް ނެތުމާއި އެ ސަރައްދުގައި ދިރިއުޅޭ މީހުނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށް ގޯތިގެދޮރާއި ބެހޭ ވުޒާއިން ވަނީ ބުނެފަ އެވެ.