ސްރީލަންކާގައި މިހާތަނަށް އިމާރާތްކޮށްފައިވާ އެންމެ ރީތި އަދި މިޒަމާނުގެ ކުލަވަރު ޖައްސައިގެން އިމާރާތްކޮށްފައިވާ އެއްމެދު އިމާރާތް ކަމަށްވާ "ޕްލެޓިންމް ވަން" އިން އެޕާޓްމަންޓްސް ގަތުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އެ ކުންފުނިން ހުޅުވައި ލައިފި އެވެ.

ކޮލަމްބޯގެ އެންމެ ހިތްގައިމު އަދި ހަލުއި ދުވެއްޔެއްގައި ތަރައްގީވަމުން އަންނަ ސަރަހައްދެއް ކަމަށްވާ ބަގަތަލަ ރޯޑުގައި ގައްލީ ރޯޑްގެ ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ 20 ބުރީގެ އިމާރާތަކީ އެންމެ ތިރީ ހަތަރު ބުރި ވިޔަފާރިއަށާއި އަދި އެހެނިހެން އިޖްތިމާއީ ހަރަކާތްތަކަށް އަމާޒުކޮށްގެން ހަދާފައިވާ އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.

މީހުން ދިރިއުޅުމަށް 140000 އަކަފޫޓްގެ ސަރަހައްދެއް އެކުލެވޭ އެ މީހުން ދިރިއުޅުމަށް 66 ރެސިޑެންޓަލް އެޕާޓްމަންޓްސް ވާއިރު އެންމެ މަތީގައި އިމާރާތުގެ ވަށައިގެންވާ މާހައުލު ރީތިކޮށް ދައްކުވައިދޭ ހަތަރު "ލަގްޒަރީ ޕެންޓްހައުސް" ހަދާފައި ވެއެވެ. އަދި މޫދާއި ގޮނޑުދޮށް ފެންނަ ހިސާބުގައި އިމާރާތްކުރެވިފައިވާ މި އެއްމެދު އިމާރާތުގައި 150 މީހުންނަށް އެއްފަހަރާ ބައްދަލުކުރެވޭ ކޮންވެންޝަން ހޯލަކާއި އެންމެ ފަހުގެ އާލާތްތައް ހިމަނައިގެން ހަދާފައިވާ ރެކްރިއޭޝަނަލް އޭރިޔާ އަކާއި އެ އިމާރާތިގެ ގޭބިސީ ތަކަށް ހާއްސަ ކުރެވިފައިވާ ފަތާ ފެންގަނޑަކާއި، ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިފައިވާ ޖިމަކާއި އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަދާފައިވާ 216 ޖާގައިގެ ކާރު ޕާކުރާ ތަނެއް ހަދާފައިވެ އެވެ.

މިއަދު ޓްރޭޑާސް ހޮޓެލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޕްލެޓިނަމް ވަންގެ މެނޭޖިން ޑައިރެކްޓަރު ކިޝޯރު ޑީ ރެޑީ ވިދާޅުވީ ލަންކާގެ އެންމެ ހިތްގައިމު އަދި އަމާން އޮމާން އަދި ތަރައްގީވަމުން އަން ވެއްޓެއްގައި ބިނާކުރެވިފައިވާ އެ އެއްމެދު އިމާރާތުން އެގަމުގެ ރައްޔިތުންނަށް 70 އިންސައްތަ ވިއްކުމަށް ހަމަޖެހިފައިވާ އިރު އަނެއް 30 އިންސައްތަ ވިއްކުމަށް ހަމަޖެހިފައިވަނީ އެ ގައުމުން ބޭރު ފަރާތްތަކަށް ކަމަށެވެ.

އެގޮތުން ޖުމުލަ 9 އެޕާޓްމަންޓް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ އިރު އޭގެތެރެއިން 2 އެޕާޓްމަންޓެއް މިހާތަނަށް ރާއްޖޭގެ ދެ ފަރާތަކުން ގަނެފައިވާ ކަމަށްވެ އެވެ. އަދި ބާކީ އިން ހަތް އެޕާޓްމަންޓުގެ ތެރެއިން ތަނެއް "ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގަންނަ ނަމަ އެފަރާތަކަށް ޖުމުލަ އަގުން 9 އިންސައްތަ އުނި ކޮށްދެވޭނެ،" ކަމަށް ކިޝޯރު ވިދާޅުވި އެވެ.

ފައިސާދެއްކުމަށް ތިން ގޮތެއް ހަމަޖެހިފައިވާ އިރު އެއްފަހަރާ ފައިސާ ދައްކައި ހަލާސްކުރާނަމަ ޖުމްލައަގުން 5 އިންސައްތަ ކުޑަކޮށްދެވޭނެ އެވެ. އަދި ފުރަތަމަ ފައިސާ ދައްކާއިރު 15 އިންސައްތަ ދައްކާނަމަ އަހަރު ތެރޭގައި 6 މަސްދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައި ދޭއިރު ކިޝޯރު ވިދާޅުވީ އެއްފަހަރާ 25 އިންސައްތަ ފައިސާ ދައްކައިފި ނަމަ އަހަރު ދުވަސްތެރޭގައި އެފަރާތަކުން އެދޭ ގޮތަކަށް ފައިސާ ދެއްކުމުގެ ކަންތައް ހަމަޖައްސައި ދެއްވާނޭ ކަމަށެވެ.

ޕްލެޓިނަމް ވަންގެ އެޕާޓްމަންޓްތަކުގެ އަގުތަށް އުޅެނީ 292819 ޑޮލަރު (4.5 މިލިޔަން ރުފިޔާ) އާއި 644252 ޑޮލަރު (9.9 މިލިޔަން ރުފިޔާ) އާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ޕްލެޓިނަމް ވަން އެއްމެދު އިމާރާތުން އެޕާޓްމަންޓް ގަންނަން އެދޭފަރާތްތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓަކީ ބްލޫ ސްކައި މޯލްޑިވްސް އެވެ.