ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އޭޑީކޭ ހޮސްޕިޓަލް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމެއް ނަސަންދުރާ ޕެލަސްހޮޓަލުގައި މިއަދު ފަށައިފި އެވެ.

"ހެލްތު ކެއާ ކޮލިޓީ ފޯރަމް ޓުވާޑްސް ސޭފާ ޕޭޝަންޓް ސެންޓޭންޓާޑް ކެއާ"ގެ ނަމުގައި އޭޑީކޭ އިން އިންތިޒަމާކޮށްގެން އެއް ދުވަހުގެ ނިޔަލަށް ބާއްވާ އެ ފޯރަމްގައި އޭޑީކޭ އާއި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ހެލްތު މިނިސްޓުރީގެ ފަރާތްތަކުންނާއި ސިއްހީ ދާއިރާ އަށް ނިސްބަތްވާ އެންޖީއޯސްތަކައި ބައެއް ޕޭޝެންޓް އިން ވެސް ބައިވެރިވެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް ލީގަލް ކޮލެޓީ އެޝިއުރަންސް އެގްޒެކެޓިވް ޑރ. ފައިސަލް ސައީދު މިއަދުން ސަން އޮންލައިނަށް ވިދާޅުވީ އެފޯރަމަކީ ސިއްހީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތަކާއި ސިއްހީދާއިރާގެ ކަންތައްތައް ކޮލެޓީކުރުމަށާއި އެފަދަ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.

"ބޮޑަށް ވާހަކަ ދައްކަން ޖެހޭ ރާއްޖޭގެ ސިއްހީ ދާއިރާ ބޮޑަށް އެކްސްސެޕްޓެޑްބަލްތޯ ނުވަތަ ނޫންތޯ، އަޅުގަނޑުމެން މޫވްކުރަން ޖެހޭ ފޯވާޑަށް. އޭގެ ތެރޭގައި ސިއްހީ ދާއިރާ ސޭފްކުރުމަށް ކޮންކަމެއްތޯ ކުރެވޭނީ އަޅުގަނޑުމެނަށް އެގޮތަށް މަޝްވަރާކުރެވޭނެ،" ޑރ. ފައިސަލް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފޯރަމްގައި ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ދެވޭހިދުމަތްތައް ކުރިއެރުމައް އަމާޒްކޮށްގެން ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރެވި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުން ކުރިއަށްގެންދާ އިރު ސިއްހީ ދާއިރާއާ ގުޅުން ހުރި ތަފާތު ޕުރެޒެންޓޭޝޭންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.