01 Mar 2013, 10:33
އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ ގ. ރޭނިސް ގޭގައި ކަމަށާއި އެ ކުއްޖާ އެގޭގެ އިމާރާތުގެ ދެ ވަނަ ބުރިން ވެއްޓެން ދިމާވި ސަބަބު ފުލުހުން ތަހުގީގުކޮށް ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދެމުންންނެވެ. އާއިލާއިން ބޭނުން ނުވާތީ އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލަކުން ހާމަ އެއް ނުކުރެ އެވެ. ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ވަނީ ސީރިއަސް ޒަޚަމްތަކެއްވެފަ އެވެ.