މ. ދިއްގަރު ކައުންސިލްގެ ތިން ކައުންސިލަރަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ރޭގެ ވަގުތެއްގައި ގުޅިއްޖެ އެވެ.

ރޭ ޕީޕީއެމް އަށް ސޮއި ކުރެއްވި ތިން ކައުންސިލަރުންނަކީ ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އަލީ އާއި ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީރު އާއި އެ ކައުންސިލްގެ މެންބަރު އަބްދުލް ގަފޫރު އިސްމާއިލް އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ވަރަށް ގިނަ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ. ޚާއްސަ ގޮތެއްގައި ވާދަވެރި ޑީއާރުޕީ އަށް ނިސްބަތްވާ ގިނަ ކައުންސިލަރުންތަކެއް މިހާތަނަށް އެ ޕާޓީ ދޫކޮށް ޕީޕީއެމް އާ ވަނީ ގުޅިފަ އެވެ.