28 Feb 2013, 14:48
ގިނީސް ވޯލްޑް ރެކޯޑްސް އިން ހޮވާ ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ އަންހެންމީހާގެ ރެކޯޑް ޖަޕާނުގެ 114 އަހަރުގެ އަންހެނަކަށް ދީފިއެވެ. އޭނާ އުފަންވެފައިވަނީ ކެމިކަލް މާއްދާއެއް ކަމަށްވާ "ރޭޑިއަމް" އަލަށް ހޯދުނު ދުވަހު އެވެ.
މިސާއޯ އޫކަވާ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ޖަޕާނުގެ ފޮތިވިއްކާ އާއިލާއަކަށް 1898 ވަނަ އަހަރު އުފަންވި އަންހެނެކެވެ. މިހާރު އޭނާ ދިރިއުޅެމުން ގެންދަނީ ޖަޕާނުގެ އޮސާކާ ސިޓީގެ ހުޅަގުގައި ހުންނަ އިސްރަށްވެހީންގެ ހިޔާއެއްގައެވެ.
އަންނަ މަހުގެ 5 ވަނަދުވަހު 115 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުންދާ އޫކަވާއަށް ބުދަދުވަހު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު ކަމުގެ ހަނދާނީ ލިޔުން ހަވާލުކުރުމުން އޭނާ ވަރަށް އުފާވެފައި ހުރި ކަމަށް ބުންޏެވެ.
ޖަޕާނުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި 1919ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފަށައިގެން މިހާރު ތިން ދަރިންނާއި ހަތަރު މާމަދަރިންނާއި ހަ މުނިމާމަ ދަރިން ލިބިފައިވާ އޫކަވާ ދުވަހަކުވެސް "ބޮޑު ބައްޔެއް" ޖެހިގެން ބޭސްފަރުވާ ކޮށްފައިވާކަން އެގޭކަށް ނެތެވެ.
100 އަހަރުން މަތީގެ 50000 މީހުން ޖަޕާނުގައި ދިރިއުޅޭ އިރު ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެންމީހާގެ ރެކޯޑް ވެސް އޮންނަނީ ޖަޕާނު މީހެއްގެ އަތުގައެވެ. އެއީ އުމުރުން 115 އަހަރުގެ ޖިރޫމަން ކިރުމާ ނަމަކަށް ކިޔާ މީހެކެވެ. -- ރޮއިޓާސް ---