28 Feb 2013, 14:31
ކާރު ދޮރުފަތަކުން ބިދޭސީއެއްގެ ގައިގައި ޖެހި އަނިޔާވެއްޖެ އެވެ.
މިއަދު މެންދުރު 12:30 އެހާކަންހާއިރު އެ ހާދިސާ ހިނގީ އަމީނީމަގުން ސިނަމާލެ ފުލެޓް ސަރަހައްދަށް މަޑުކުރި ކާރުގެ ދޮރުފަތުން ބައިސްކަލުގައި ދިޔަ ބިދޭސީ މީހާގެ ގައިގައި ޖެހި އެވެ. އެ ހާދިސާގައި ބިދޭސީ މީހާގެ ދަތް ދޮޅިއާ މޫނުން ތަންކޮޅެއް ހަލާކުވުން ފިޔަވައި އިތުރު ހާނިއްކަ އެއް ލިބިފައެއް ނުވެ އެވެ.
އެ ހާދިސާގައި ބިދޭސީ މީހާ ވިއްސައިގެން ގޮސް ޖެހިފައި ވަނީ ހެންވޭރުން މާފަންނަށް ދުއްވާފައިދިޔަ ވޭނެއްގަ އެވެ. އަދި ބިދޭސީ މީހާ ގޮސް ޖެހުނު ވޭނުގެ ވިންޑްސްކްރީން ވަނީ ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.