28 Feb 2013, 14:28
އައްޑޫ ހުޅުމީދޫގައި އުމުރުން ދުވަސްވީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ހުޅުމީދޫން ވާހަކަ ދެއްވި މީހަކު ބުނީ މިއަދު ހެނދުނު 10:30 އެހާކަށް ހާއިރު މަރުވެފައި އޮއްވައި ފެނުނު މީހަކީ އެ ރަށު އަބްހަރީވިލާ، ހުސައިންދީދީ، 74 (އުވަގޭ ހުސައިންދިދީ)، ކަމަށާއި އޭނާއަކީ އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ފަތިހު ރަށު ތެރެއަށް ކަސްރަތަށް ހިނގާން ނުކުމެ އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ގެއްލިގެން ހޯދާން ފެށީ އެނބުރި ގެއަށް ނުގޮސް ލަސްވެގެން ކަމަށާއި، އޭނާ ފެނުނީ މިއަދު ހެނދުނު އޭނާ ހޯދަމުން ދަނިކޮށް ކަމަށެވެ.
"މީދޫ ކޯގަންނާ ދިމާލު މޫދުގައި މަރުވެފައި އޮއްވައި ފެނުނީ، އެވަގުތަކީ ދިޔަވަރު ބޮޑު ވަގުތެއް ނޫން، އެހެންވެ ރަށާ ވަރަށް ކައިރީ މޫދު ތެރޭގައި އެމީހާ އޮއްވާ ފެނުނީ. އެނާ ފެނުނު އިރު ވެސް މަރުވެފައިވާ ކަމަށް ވަނީ، އާއިލާ މީހުންނަށް އޭނާ މަރުވެފައި އޮއްވާ ފެނުނީ ވެސް،" އެމީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ހުޅުމީދޫގައި މީހަކު މަރުވެފައި އޮއްވައި ފެނުނު ކަން ކަށަވަރުކޮށްދީފަ އެވެ. އަދި ވިދާޅުވީ އެމީހާގެ މަރަކީ އާދައިގެ މަރެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.