28 Feb 2013, 13:46
އަަންނަ މަހު 30 ވަނަ ދުވަހު އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ޕްރައިމަރީގައި އިލްޔާސް އިބްރާހީމް ވާދަ ނުކުރެއްވުމަށް ނިންމަވައިފި އެވެ.
އިލްޔާސް ސޮއި ކުރައްވައި މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ "ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު އެންމެ ރަނގަޅު ގޮތަކީ" ޕީޕީއެމްގެ ޕްރައިމަރީ އަށް ކުރިމަތި ނުލެއްވުން ކަމަށް ގަބޫލު ކުރެއްވޭތީ ކުރިމަތި ނުލެއްވުމަށް ނިންމެވީ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކަ ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ސުން ގަޑިއަކީ މިއަދު ހަވީރު 3:30ގެ ނިޔަލަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް، މިހާތަނަށް ނަން ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންްޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީންގެ އިތުރަށް އެ ޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރެވެ.