އެޓަނީޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުން އަންނަ "ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން" ރައީސުލްޖުމްހުރިއްޔާ މިއަދު އުވާލައްވައި އެ އޮފީހުން ކުރަމުން އައި މަސައްކަތްތައް މިއަދުން ފެށިގެން އެޓަނީ ޖެނެރަލްގެ އޮފީހުން ކުރަމުންގެންދާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން އުވާލެއްވީ، އެ ކޮމިޝަނަކީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށް ޓަކައި އެކުލަވާލަން ޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަނަވަސްވެފައިވުމާއި ސަރުކާރުގެ މިނިސްޓްރީތަކަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް، އެ އިދާރާތަކުން ކުރަމުންދާ ގޮތަށް ހަމަޖެހިފައިވާތީ، އެ މަސައްކަތްތައް ކުރުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތްކަމަށް ނުފެންނާތީ ކަމަށެވެ.