12 Oct 2010, 10:06
ހަތަރު ގައުމަކަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނި ގޮތުގައި، ޖަރުމަނުވިލާތާއި ތުރުކީވިލާތަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަކީ ހ. އޯކިޑް އިރުތިޝާމް އާދަމެވެ. ފަރަންސޭސިވިލާތަށާއި ރިޕަބްލިކް އޮފް ފިންލަންޑަށް ކަނޑައަޅި ނޮން-ރެސިޑެންޓް ސަފީރަކީ ހ. އަމީނީގޭ ޑރ. ފަރަޙަނާޒް ފައިޞަލެވެ.
މި ދެބޭފުޅުން ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.