27 Feb 2013, 08:17
ބިލަންބޮން ހައި އިންޓަނޭޝަނަލް ސްކޫލް ހިންގާ އޮސްޓްރޭލިއާގެ ކެންގަރޫ ކިޑްސްގެ ބާނީ އަދި ޗެއާމަން ލީނާ އައްސަރު ރާއްޖެއަށް ފޮތެއް ތައާރަފްކޮށްފިއެވެ.
"ހޫ ޑް ޔޫ ތިންކް ޔޫ އާ ކިޑިން"ގެ ނަމުގައި ލިޔެފައިވާ އެފޮތް ރާއްޖެއަށް ތައާރަފް ކުރީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި އޮތް ހަފުލާއެއްގައިި ފޮތުގެ މުސައްނިފު ލީނާ އަސްހަރު އެވެ.
ފޮތުގެ ތައާރަފްގައި ވާހަކަ ދައްކަވަމުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ދިނޭޝް ބަކްޝީ ވިދާޅުވީ އެފޮތަކީ މިޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބަލާލައި، އެގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އެހީތެރިކަމަކަށް ވާނެ ފޮތަކަށް ކަމަށެވެ.
ފޮތް ލިއުއްވުމަށް މަަސައްކަތް ކުރެއްވި ގޮތާ ބެހޭ ގޮތުން ހަފުލާގައި ވާހަކަ ދައްކަވަމުން ލީނާ އަސްހަރު ވިދާޅުވީ މިޒަމާނަކީ ހަމައެކަނި މައުލޫމާތުގެ ޒަމާނެއް ނޫން ކަމަށާ މިއީ އުފެއްދުންތެރިކަމުގެ ޒަމާނެއް ކަމަށެވެ.
"މިޒަމާނަކީ ހަމަ އެކަނި މައުލޫމާތުގެ ޒަމާނެއް ނޫން، މިއީ އުފެއްދުންތެރި ކަމުގެ ޒަމާން، ކުދިންނަށް ބޭނުން ވާނީ ހަމައެކަނި މައުލޫމާތެއް ނޫން، ލިބޭ މައުލޫމާތު ބޭނުންކުރާނެ ގޮތް ދަސްވާން ޖެހޭ، ހަމަ އެކަނި މައުލޫމާތު ބޭނުންވާ ނަމަ ގޫގުލް އިން ވެސް މައުލޫމާތު ލިބިދާނެ،" ލީނާ ވިދާޅުވި އެވެ.
ފޮތް ލިއުއްވަން މަސައްކަތް ކުރައްވާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ކުދިންގެ އަހުލާގިއްޔާތާ ބެހޭ ގޮތުން އަމިއްލަ ފުޅަށް ކުރައްވާފައިވާ ތަޖުރިބާތައް ހިމަނުއްވާފައިވާ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ،
ލީނާ އަސްހަރަކީ ޓީޗަރެއްގެ ހައިސިއްޔަތުންނާއި ސްކޫލްތައް ހިންގަވާ ބޭފުޅެއްގެ ހައިސިއްޔަތުން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެވެ.