26 Feb 2013, 17:11
ބޯސް ބުރޭންޑްގެ ވީޑިއޯ ވޭވް އެންޓަޓައިމެންޓް ޓީވީ ސިސްޓަމެއް ރީފް ސައިޑްއިން ބާޒާރަށް ނެރެފި އެވެ.
މިހާރު ފަށައިގެން ކުރިއަށްގެންދާ ލިވިން އެކްސްޕޯގައި ބާޒާރަށް ނެރުނު ޓީވީ އާއި ގުޅޭގޮތުން މައުލޫމާތް ދެއްވަމުން ރީފް ސައިޑްގެ މާކެޓީން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ އެޓީވީ އަކީ އެއް އާލާތަކުން ހުރިހާ އަޑުތަކެއް ނެރެދިނުމުގެ ގާބިލްކަން ލިބިފައިވާ ބޯސް ބުރޭންޑްގެ ވީޑިއޯ ވޭވް އެންޓަޓައިމެންޓް ޓީވީ ސިސްޓަމެއް ކަމަށެވެ.
"މިޓިވީއަކީ ފުލް އެޗްޑީ އެލްއީޑީ 46 އިންޗީގެ ފަހަތުގައި މިވަނީ ބޯސް ޓެކްނޮލޮޖީ ސައުންޑް ސިސްޓަމެއް" އަހުސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޓީވީއަކީ ފުލް ކޮމްޕުލީޓް ހޯމް ޓިއޭޓާ ސިސްޓަމެއް ކަމަށެވެ. އަދި އެޓީވީއާއި ގުޅުމަށް އިންނަ ކޮންސޯލްއަކީ ހަ އިންޕުޓް އިންނަ ކޮންސޯލެއްކަމަށެވެ. އަދި އެޓީވީ މިހާރު ރީފްސައިޑްގެ ލިވިން ސެންޓާއިން ވިއްކާއިރު އެ ބުރޭންޑްގެ ޓީވީއެއް ވިއްކުމަށް ނިންމާފައިވަނީ 99900ރ. އަށް ކަމަށް އޭނާ ވިދާޅުވިއެވެ.