26 Feb 2013, 13:37
ވިލިމާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ އޮފިސަރަކު މިއަދު ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި ހިންގި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިގެން އެ ސަރަހައްދަށް ދިޔައިރު އެގޭ ކޮޓަރިއެއްގައި ހުރި އޭސީއެއްްގައި ރޯވެފައިވާ އަލިފާންގަނޑު ވިލިމާލޭގެ އެމްއެންޑީއެފްގެ ސިފައިން ވެގެން އެއްކޮށް ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެގޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
"އެމްއެންޑީއެފްގެ ފަޔާ ޓީމް އެސަރަހައްދަށް ދިޔަ އިރު އެގޭ ކޮޓަރީގައި ރޯވި އަލިފާންގަނޑު ވަނީ ސިފައިން ނިއްވާލައިފައި. މީހަކަށް އަދި ކޮޓަރިއަށް ވެސް ގެއްލުމެއް ނުވޭ،" އޮފިސަރު ވިދާޅުވި އެވެ.
އޭސީގައި ރޯވުމެ ބައެއް ކަހަލަ ހިތާމަވެރި ހާދިސާ މިފަހަކަށް އައިސް ހިންގަމުންދާ މިންވަރު ވަނީ އިތުރުވެފަ އެވެ.