26 Feb 2013, 08:53
މިދިޔަ އަހަރު ފުލުހުން އުސްފަސްގަނޑަށް އެރި ދުވަހު އެތަނުގެ އަމަން ބަލަހެއްޓުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދިން މީހަކު 3000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހަކަށް ހަމަލާދިނުމުގެ ކުށުގައި ޖޫރިމަނާކޮށްފައި ވަނީ ތ. މަޑިފުށީ ފަރަންސާގޭ ހުސައިން ފަހީމް އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އުސްފަސްގަނޑު ސަރަހައްދުގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހެއްގެ މޭމަތީގައި ފަހީމް ޖެހިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފަހީމް 3000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފަ އެވެ.