14:08 ނަޝީދު ހޯލުން ނުކުމެވަޑައި ނުގަތުމުން ޖަލްސާ ހުއްޓާލައިފި އެވެ.


14:07


ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމެވުމެއް ކަމަށެވެ.


14:05


ބައެއް މެންބަރުން ވިދާޅުވީ ސިފައިން ވަޑައިގެން ކާނަލް ނަޝީދާ ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރެއްވުމުން ސިފައިން އޭނާގެ ގަޔަށް އަތްނުލައްވައި ބޭރަށަ ވަޑައިގަތީ ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލީ ނަޝީދުގެ ނަން އިއްވެވުމަށް ފަހު އެވެ.


14:00


ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރަށް ކިޔަމަނުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު(ކާނަލް) ޖަލްސާ އިން ނުކުންނެވުމަށް އިއުތިރާޒު ކުރެއްވުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވުމަށް ހުރަސް ކުރިމަތިވެފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.