ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މާޗް މަހުގެ 4ވާ ހޯމަ ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވާފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.