24 Feb 2013, 12:27
ކ. ދިއްފުށީ ބޭރުން އިންޖީނު ހުއްޓިފައި އޮތް ސްރީލަންކާގެ މަސްބޯޓެއް ފެނިއްޖެ އެވެ.
އެ ބޯޓިގައި ތިބި ލަންކާގެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފެނިފައި ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "ރީފް"ނަމަކަށް ކިޔާ ދޯންޏަކަށް އިއްޔެ ހަވީރު ކަމަށެވެ. އަދި މަސްވެރިކަން ކުރާ ދިވެހި މަސް ދޯންޏަށް އެ ބޯޓު ފެނުމާ އެކު ބޯޓް ކައިރިއަށް ގޮސް އޭގައި ތިބި ފަޅުވެރިން ދޯންޏަށް ނަގައިގެން އައިސް އެރޭ ފަތިހު ވިލިމާލޭ ޕޮލިސް ސްޓޭޝަނާ އެ މީހުން ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ރާއްޖެއާ ހިސާބަށް އައިސްފައި ވަނީ އިންޖީނު ހުއްޓި އޮޔާ ގޮސްގެން ކަމަށް ބެލެވޭ ކަމަށެވެ.
އިންޖީނު ހުއްޓިގެން އޮޔާ ދާ ސްރީލަންކާގެ މަސްބޯޓުތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދުން ފެނެ އެވެ.