ފުވައްމުލަކު އެއްވަނަ ކުރިކެޓް މުބާރާތުގެ ހަތަރުވަނަ މެޗުން ނުވަ ވިކެޓްގެ ތަފާތުން ހާފިޒް އަހްމަދު ސްކޫލް (އެޗްއޭއެސް)ގެ މައްޗަށް އަތޮޅު ތައުލީމީ މަރުކަޒުން (އޭއީސީ) އިން ކުރި ހޯދައިފި އެވެ.

އިއްޔެ ހަވީރު ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އެޗްއޭއެސް އިން ކުޅެންއަރައި ދިހަ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 78 ލަނޑެވެ. އަދި ޖަވާބުގައި އޭއީސީ އިން ކުޅެން އަރައި ނުވަ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 79 ލަނޑު ހަދާފައި ވެއެވެ.

މިއަދުގެ މެޗުގައި އެންމެ ރަނގަޅަށް އުކާފައި ވަނީ 3 އޯވަރަށް 19 ލަނޑަށް އެއް ވިކެޓް ނެގި އޭއީސީގެ ހަސަން ހޫދު އެވެ. އެންމެ ރަނގަޅަށް ކުޅެފައި ވަނީ 25 ބޯޅައިން 30 ލަނޑު ހެދި އޭއީސީގެ ޒަޔާން ޝަރީފް އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ފުވައްމުލަކު ސްކޫލާއި ހާފިޒް އަހްމަދު ސްކޫލެވެ. ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15ގަ އެވެ.