ރާއްޖޭގެ ނޫސްވެރިންނަށްދިން ހަމަލާތަކާ މެދު ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުންނާއި ސްރީލަންކާގައި ހުންނަ ރާއްޖެއަށް އެކްރެޑިޓްކޮށްފައިވާ އެމެރިކާގެ އެމްބަސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާ އެމްބަސީން މިއަދު ނެރުނު ކުރު ބަޔާނުގައި ވަނީ ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް ދިން ހަމަލާތަކާމެދު އެމެރިކާ އެމްބަސީން ކަންބޮޑުވާ ކަމަށާއި އެހަމަލާތައް ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ފަންޑަމެންޓަލް ޑިމޮކްރެޓިކް ހައްގެކެވެ. އަދި އަޅުގަނޑުމެން މިހަމާލަތައް ވަރުގަދައަށް ކުށްވެރިކުރަމެވެ. ހަމަނުޖެހުން ހިންގުމުން ދުރުހެލިވެތިބުމަށް ހުރިހާ ދިވެހިންނަށް އަޅުގަނޑުމެން ގޮވާލަމެވެ. ހުރިހާ މީޑިއާ އައުޓްލެޓްތަކަކަށް ވެސް ލިބިފައިވާ މުޒާހަރާކުރާއި އާންމު އެހެން އިވެންޓުތައް ކަވަރު ކުުރުމުގެ ހައްގައް އިހްތިޔާކުތުމަށް ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.

އދ.ން އިން ވެސް ބުނެފައި ވަނީ އެ ދެހަމަލާއަކީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ދިން ހަަމަލާއެއް ކަމަށާއި އެކަން ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.

މާލޭގެ ދެ ސަރަހައްދަކުން ރޭ އެމްބީސީގެ ދެ ނޫސްވެރިއެއްގެ ގަޔަށް ތިނަރު ޖެހިއިރު ރާއްޖެޓީވީގެ ނޫސްވެެރިއާ އިބުރާހިމް ވަހީދު (އަސްވާޑް)ގެ ބޮލުގައި ދަނގަޑުބުރިއަކުން ޖަހައި، ޒަހަމްކޮށްލި ހަމަލާގައި އޭނާގެ ބޮލުގެ ނާޝިގަނޑުގެ ހަތަރު ތަނަކުން ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރާއްޖެޓީވީން ބުނެފައިވެ އެވެ.