Last Updated:
1 decade 3 year ago

ރައީސް ނަޝީދު އިންޑިޔާ ހައި ކޮމިޝަނުން ނުކުންނަވައިފި

    ބުލޮގު ޚުލާސާ
    ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންޑިޔާ ހައި ކޮމިޝަންގައި 11 ދުވަހު އިންނެވުމަށްފަހު މިއަދު އެ ހައި ކޮމިޝަނުން ނުކުންނަވައިފި އެވެ. އެމްޑީޕީން ވަނީ އެކަން ސަންއަށް ކަށަވަރުކޮށް ދީފައެވެ.
    16:47

    އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށްފަހު ކާރުކޮޅަށް އަރައިވަޑައިގެން ނަޝީދު ގެއަށް ވަޑައިގެންފި.
    16:42

    އުސްފަސްގަނޑު ސަރަހައްދުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުހާތަބުކޮސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފި. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި އެކަމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށް

    16:37

    ރައީސް ނަޝީދު ދަރުބާރުގެއިން ނުކުމެވައި، އުސްފަސްގަނޑު ސަރަހައްދަށް ދިމާލަށް ހިނގައިގެންފި. އެމަނިކުފާނާއެކު މަޖިލީހުގެ މެންބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވެސް އެބަތިއްބެވި.
    16:32ދަރުބާރުގޭ ސަރަހައްދުން

    ރައީސް ނަޝީދު ދަރުބާރުގެއިން ނުކުންނަވަނީ. އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް މިހާރު ދަރުބާރުގޭ ސަހަރައްދަށް ޖަމާވެފައި އެބަތިބި.
    16:29

    ރައީސް ނަޝީދު ޕްރެސް ކޮންފަރެންސް ނިންމަވައިލައްވައިފި.
    16:26

    މި އަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ނަމަ އެ އިންތިހާބުގައި އެމްޑީޕީން ބައިވެރިނުވާން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.
    16:20ދަރުބާރުގެއިން

    ނޫސްވެރިންގެ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އޭމަނިކުފާނު ދެން މަސައްކަތްޕުޅު ކުރައްވާނީ ކެމްޕެއިނަށް ކަމަށާއި އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް
    16:19

    ރައީސް ނަޝީދު މިހާރު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
    16:16

    މިހާރު ރައީސް ނަޝީދު ގެންދަވަނީ ދަރުބާރުގޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.