22 Feb 2013, 22:50
ހައިދަރުއާބާދުގައި ދިން ބޮމުގެ ހަމަލާތަކުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް އިންޑިއާގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރު ޝިންދޭ ޒިޔާރަތްކުރައްވައިފި އެވެ.
ހައިދަރުއާބާދުގެ މޭވާ ބާޒާރެއް ކައިރީގައި ދިން ދެ ހަމަލާގައި 16 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާ އިރު، 117 މީހުންނަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބީބީސީ އިން އިންޑިއާގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރު ޝިންދޭ އާ ހަވާލާދީ ބުނީ މިހަމަލާ އަކީ ބައިސްކަލުތަކެއްގައި ބޮން ހަރުކޮށްގެން ދިން ޖާނުން ފިދާ ވުމުގެ ހަމަލާއެއް ކަމަށެވެ.
މިހާތަނަށް މިހަމަލާގެ ޒިންމާއެއް ވެސް ފަރާތަކުން އުފުލާފައިނުވާ އިރު، އިންޑިއާ އިން ވަނީ އެގައުމުގެ އާބާދީ ބޮޑު ސިޓީތައް އެލާޓަށް ގެނެސްފަ އެވެ.
ބީބީސީ އިން ބުނީ ދިލްސުކްނަގަރުގައިވާ ބާޒާރު ސަރަހައްދަށް ޝިންދޭ ޒިޔާރަތްކޮށްފައިވާ އިރު، ހަމަލާގައި ޒަހަމްވީ ފަރާތްތަކާ ވެސް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ އިން ވަނީ މިހަމަލާ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފަ އެވެ. އެހެންނަމަވެސް ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް އާއްމުކޮށްފައި ނުވާ ކަން ފާހަގަކޮށްލެވެ އެވެ.