22 Feb 2013, 20:34
އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކާރުގައި މިރޭގެ ވަގުތެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކާރުގައި ރޯކޮށްލާފައި ވަނީ ޝީ ބިލްޑިން ކައިރީގައި އެ ކާރު ޕާކްކޮށްފައި އޮއްވާ މިރޭ 7:55 އެހައިކަންހައިރު ކަމަށެވެ.
އަލިފާން ރޯކޮށްލާފައި ވަނީ އެ ކާރުގެ ޑިކީއާ ދިމާލު ވާތްފަރާތު ފުރޮޅު ކައިރީގަ އެވެ. މުޅި ކާރަށް އަލިފާން ގަނޑު ނުފެތުރެނީސް ފުލުހުންނާ ސިފައިން ގުޅިގެން ވަނީ އަލިފާންފަނޑު އެއްކޮށް ނިއްވާލާފަ އެވެ.