ރ. ދުވާފަރު ގިރަމުންދާ ސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ސިފައިން ކޮށްފި އެވެ.


އެމްއެންޑީއެފްން ބުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ދުވާފަރަށް ދިޔަ ސިފައިން އެރަށުގެ ގިރާ ސަރަހައްދުގައި 1200 ޖަމްބޯ ބޭގް ޖައްސާފައިވާ ކަމަށެވެ.


ސިފައިން ދުވާފަރުގައި ޖެހި ބަސްތާތަކުގެ ތެރެއިން ކޮންމެ ބަސްތާއަކީ އެއް ޓަނުގެ ބަސްތާއެކެވެ.


އެ ބަސްތާތައް ތައްޔާރުކުރީ ސިމެންތި އާއި ވެލި އަޅައިގެނެވެ. ބަސްތާތައް ގިރާ ސަރަހައްދުގައި ޖެއްސީ އެކްސްކަވޭޓަރާއި ލޯރިއާއި ޑަމްބަރުގެ އިތުރުން ކޮންކްރީޓް މެޝިންތައް ބޭނުންކޮށްގެނެވެ.


ސިފައިން  ޖަމްބޯ ބޭގް ޖެއްސި ސަރަހައްދަކީ ދުވާފަރުގެ ހުޅުނަގު ފަރާތުން ގިރަމުންދާ ސަރަހައްދެވެ.