17:57- މުލިއާގެ ކައިރިއަށް އެއްވި މީހުން އެމީހުންގެ ހަޅުތާލު ނިންމާލައިފި އެވެ.


އެމީހުން ދިޔައީ ސިލްސިލާ އެއްވުންތައް އަދިވެސް ބާއްވާނެ ކަމަށް ބުނަމުންނެވެ.


 


17:16- މަޣުރިބު ނަމާދަށް ބަންގި ގޮވުމުން ޝުއޫރު ފާޅު ކުރުން މިއަދަށް ނިންމާލާނެ ކަމަށް އެއްވި މީހުން ބުނެފި އެވެ. އެމީހުން ބުނަނީ  ނަމާދު ވަގުތަށް ނިންމާލި ކަމުގައި ވިޔަސް އެ މީހުންގެ ޝަކުވާ އަޑު އަހައި އެކަމަށް ސަރުކާރުން ހައްލެއް ނުގެންސްދޭނަމަ އެއްވުންތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނެ ކަމަށެވެ


 


17:06- މިއަދު ފަހަތަށް ޖައްސާ އެއްވުން ރޫޅައިލި ނަމަވެސް މާދަމާ ވެސް ޝުއޫރު ފާޅު ކުރުމަށް އެއްވާނެ ކަމަށާއި، އެމީހުންގެ ޝުއުރުތަކާ ރައީސުލް ޖުމްހޫރިއްޔާ އަޑުއައްސަވައި ފިޔަވަޅު އަޅުއްވަންދެން ސިލްސިލާކޮށް އެއްވާނެ ކަމަށް އެއްވި މީހުން ބުނަމުން އެބަދެ އެވެ


 


17:01- އެއްވި މީހުން ފަހަތަށް ޖެއްސި އިރު މަގުމަތިން ދިޔަ މީހުންނާ އެއްވި މީހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ. މިއަދު އެއްވެފައި ވަނީ 48 ފިރިހެނުންނާއި އަށް އަންހެނުނެވެ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.


 


16:41- އެއްވި މީހުން ފޮނުވާލުމުގެ ގޮތުން ފުލުހުން އިންޒާރުދީ ސަލްޓަންޕާކާ ހަމައަށް ފަހަތަށް ޖައްސައިފި އެވެ.


 


16:25-ސްޓާފޯސް ފުލުހުން ގެންދަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް އަޑުގަދަކުރާއިން އިންޒާރުކުރަމުންނެވެ.


 


16:21- ފުލުހުންގެ ސްޓާފޯސް އިން މުލިއާގޭ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްލައިފި އެވެ. މިހާރު ހިނގާ މީހުންނަށް ވެސް ނުވަދެވެ އެވެ.


 


16:09- ސަރަހައްދު ބަންދުކޮށް އެއްވެފައި ތިބި 30 އަށްވުރެ ގިނަ މީހުންނާ ވާހަކަ ދައްކަމުން އެބަގެންދޭ. އެއްވި މީހުން ބުނަނީ އެމީހުން އެއްވެ ތިބީ އެމީހުންގެ ޝަކުވާ ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވުމަށް ކަމަށް


 


ތައުލީމީ ދާއިރާ އިން އިސްލާމީ ތައުލީމާއި އިސްލާމީ އަހުލާގު ނައްތައިނުލުމަށް ގޮވާލައި، މާލޭގެ ބައެއް ސްކޫލްތަކުގެ ބެލެނިވެރިންތަކެއް މުލިއާގޭ ދޮށަށް މިއަދު ވެސް އެއްވެޖެ އެވެ.


މީގެ ދެދުވަސް ކުރިން މުލިއާގެ  ކައިރިޔަށް އެއްވި މީހުން މިއަދު ވެސް ތިބީ ކުރީ ދުވަހު ޝުއޫރު ފާޅު ކުރުމަށް ނެގި ފޮތިގަނޑާއި އިތުރު ބޯޑުތައް ވެސް ހިފައިގެނެވެ. 


މުލިއާގޭ ސަރަހައްދުގައި ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔާ ބުނީ ކުޑަކުދިންނާ ނަހަމަ ގުޅުން  ހިންގުމާ ދެކޮޅަށް ވެސް މިއަދު އަޑު އުފުލަމުންދާ ކަމަށާއި ނަމަވެސް މައިގަނޑު ޝަކުވާއަކީ ކުރީ ދުވަހުގެ ޝަކުވާ ކަމަށެވެ.


އެ ސަހަރައްދުގައި ފުލުހުންގެ ސްޓާފޯސް ހަރަކާތްތެރިވެ އެ ސަރަހައްދުން ދިއުމަށް އަންގަމުން އެބަދެ އެވެ.


ކާރު ރޭސް ޖަހާ މީހުންނާއި ބައިބަލާ ކުޅޭ މީހުން ބޭނުންވާ ގޮތަށް ކަންތައް ކޮށްދެއްވާފައިވާއިރު މިއަދު އެއްވި މީހުންނާ މެދު ސަރުކާރުން ތަފާތު ކުރާ ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.