ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ މ. ހީރޯ މުޙައްމަދު އުބައިދު އިބްރާޙީމް، 20، އާއި މ. ހުނަރު، މައުސޫމް އައްބާސް، 23، އެވެ.

އެ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެނަންބަރުނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެހޮޓްލައިންއަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދޭ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ޝުކުރު ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ.