ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާއެކު ރާއްޖެވަޑައިގެން އުޅުއްވާ އދ.ގެ ހާއްސަ ސަފީރު މިސް ގެބްރިއެލާ ނައުލްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އަދި އަދުލު އިންސާފު ގާއިމް ކުރުމުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެޗްއާރުސީއެމް ބުނެ އެވެ.

އެ ބައްދަލުވުމުގައި އަދުލު އިންސާފުގެ ނިޒާމުގައި ހުރި ގޮންޖެހންތަކުގެ މައްޗަށް ވެސް އަލިއަޅުވާލުމުގެ އިތުރުން އަދުލު އިންސާފުގެ އެ ދާއިރާއާގުޅުންހުރި ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ބަލާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެ އެވެ.

މި ބައްދަލުވުމުގައި މިސް ގެބްރިއެލާ ނައުލް ގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް އެޑްވައިޒަރު ސާފިރް ސައިދް އާއި އދ.ގެ އޯއެޗްސީއެޗްއާރް އިން އެމޭންޑާ ފޮލޮރެސް އަދި ޔޫއެންޑީޕީ ގެ އޮފިޝަލުން ބައިވެރި ވެވަޑައިގެންފައިވެ އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ހާއްސަ ސަފީރު ގަބުރިއެއްލާ ކުނާލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.