ގއ. ގެމަނަފުށީ ކައިރީގައި އޮންނަ ފަޅު ރަށަކުން އަށް ފޫޓުގެ ބޮޑު "ސޮލީބެއް” ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުން އެ ރަށް ގޮސް އެ ކަން ތަހުގީގުކުރަން ފަށައިފި އެވެ.


ގެމަނަފުށީ ކައުންސިލަރު އަލީ އަހުމަދު މިއަދު ވިދާޅުވީ އެއީ ހަގީގަތެއް ކަމަށާއި ގެމަނަފުށީ އާގޭ ހުސެއިން މަނިކު ދަނޑުވެރިކަން ކުރާ އެ ރަށުގައި އެޅިގަލުން ބިންމަތީގައި ރާނާ ސިމެންތި ޖަހާފައި ވަނީ "ސޮލީބެއް" ކަމަށެވެ.


ކައުންސިލަރު ވިދާޅުވީ އެކަން ރަށު އޮފީހަށް އެނގުނީ މަސްބާނަން ގޮސް އުޅުނު ޒުވާން ކުދިންތަކަކަށް އެ "ސޮލީބު" ފެނިގެން އެންގުމުން ކަމަށެވެ.


"އެއީ އަކީ ބިންމަތިން ނެގޭ ގޮތަށް އޮތް އެއްޗެއް ނޫން. އެ އޮތީ ބިންމަތީގައި ރާނާފައި، އެހެންވީމާ ފުލުހުން ގޮސް އެކަން ބަލަމުން އެބަދޭ،" ކައުންސިލަރު ވިދާޅުވި އެވެ. "އެ ރަށް ގެންގުޅޭ މީހުންގެ ތެރެއިން އެކަކު ބުނީ އެއީ އެނާ ހެދި ކާރެއް ކަމަށް. އަނެކަކު ބުނަނީ އެއީ ލޯންޗެއް ބަންނަން ހެދި ތައްގަނޑެއް ކަމަށް. އެކަމަކު އެމީހުން އެ ބުނާ އެއްޗަކާ އެއާ ދިމައެއް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.


ނަމަވެސް އޭނާ ވިދާޅުވީ ރަށް ލިޔެގެން އުޅޭ މީހުންނަކީ ދީންވެރި ބަރާބަރަށް ނަމާދު ވެސް ކުރާ ބައެއް ކަމަށެވެ.