ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި މީހަކު މ. މުލީން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި 37 އަހަރުގެ މީހަކު މުލީން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.