11 Oct 2010, 09:43
ގަލޮޅު ގެއަކަށް ތޫނު ހަތިޔާރާ އެކު ވަދެ އެ ގޭގައި ހުރި ތިޖޫރީއެއް ފަޅާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމު ވަގުތެއްގައި ގަލޮޅު ގެއަކަށް ވަދެ ވައްކަންކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމުމުން ކަމަށެވެ.
ތޫނު ހަތިޔާރާއެކު ގ. ވަރަ ޕެލަސް އަށް ވައްކަން ކުރަން ވަން ރޭ، 3:30 އެހާކަންހާއިރު މީހުން ހައްޔަރުކުރި މަންޒަރު ދުށް މީހަކު ބުނީ، އެ މީހުން ތިބީ މާސްކު އަޅައިގެން ކަމަށެވެ. އެ މީހުންގެ އަތުގައި ކަޓަރާއި ޓޭޕާއި އަންގި ފަދަ ވައްކަން ކުރަން ބޭނުންކުރާ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.