20 Feb 2013, 13:31
ނ. ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒައީމު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޒައީމް ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަރު ކަމަށް ހޮވިވަޑައިގެން، ފަހުން އެމްޑީއޭ އާއި ގުޅިވަޑައިގެން ހުންނެވި ޒައީމް ވިދާޅުވީ ކައުންސިލަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ އާއިލާގެ ކަންކަން ހުރިގޮތުންނާއި މި ވަގުތު ފުލްޓައިމް ކޯހެއްގައި ކިޔަވަން ބޭނުން ވެގެން މާލެ އަށް ދިރިއުޅުން ބަދަލުކުރަން ޖެހިވަޑައިގަތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ކައުންސިލަރުން ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
ޒައީމް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުން މިހާރު އެކައުންސިލްގައި ތިއްބެވީ އެމްޑީއޭގެ ތިން މެންބަރުންނާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގެންނަވާ އެއް މެންބަރެކެވެ.