20 Feb 2013, 13:18
ކުޅުދުއްފުށީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ފައި ބިނދިއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ފައި ބިނދުނު މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ އެ ރަށު މިސްކިތްމަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ. ނަމަވެސް ދެ ސައިކަލު ޖެހެން ދިމާވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
އެ އެކްސިޑެންޓްގައި ފައި ބިނދިފައި ވަނީ އުމުރުން 25 އަހަރުގެ މީހާގެ އެވެ. އަދި އަނެއް ސައިކަލުގައި އިން އުމުރުން 23 އަހަރުގެ މީހާ އަށް އެއްވެސް ހާނިއްކައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ 23 އަހަރުގެ މީހާ ބާރު ސްޕީޑްގައި ދުއްވައިގެނެވެ. އަދި އޭނާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.