11 Oct 2010, 07:25
ޑިޕާޓްމަންޓް އޮފް ނޭޝނަލް ޕްލޭނިން ގައި މީދަލުގެ އުނދަގޫ ބޮޑުވެގެން މީދާ މަދުކޮށްދޭނެ ފަރާތެއް ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން ކޮށްފައި އިއުލާނުގައި ބުނަނީ އެ އޮފީހުގައި މީދަލުގެ އުނދަގޫ ބޮޑުވެފައިވާތީ މީދާ މަދުކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ޕްލޭނިން ޑިޕާޓްމަންޓަށް ދިއުމަށެވެ.
ޕްލޭނިން ޑިޕާޓްމަންޓްގައި އުޅޭ މުވައްޒަފަކު ބުނީ މިދަލުގެ އުނގޫ މުޅި ޑިޕާޓްމަންޓަށް ކުރިމަތިވެފައިވާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި "ޑިޕާޓްމަންޓްގެ ރަސްކަން އޮންނަނީ މީދަލަށް" ކަމަށެވެ.
މީދަލާ ހެދި އުނދަގޫވެ މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމުން މިދިޔަ މަހުގެ 19 ވަނަ ދުވަހު އީޑީސީގައި މީދާ މަރައިދޭނެ ފަރާތެއް ހޯދަން ވެސް ސަރުކާރުން އިއުލާނު ކޮށްފައި ވެއެވެ.