މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި އިންޓަނަލް އޯޑިޓް ސެކްޝަނަކާއި އެންޓަޕްރައިޒް ރިސޯސް ޕްލޭނިން ސިސްޓަމެއް ގާއިމްކުރަން ހަމަޖައްސައި އެ މަސައްކަތް ބިޑަށް ލައިފި އެވެ.


އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ރިސޯސް ޕްލޭނިން ސިސްޓަމެއް ގާއިމްކުރަނީ އެ އޮތޯރިޓީގެ މުދަލާއި ތަރިކަ ކޮމްޕިއުޓަރުން މޮނިޓާ ކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ފައިސާ އާއި ބޭންކުގެ ހިދުމަތްތަކާއި ސަރުކާރުގެ ހުރިހާ ފައިސާ އާ ބެހޭ މުއާމަލާތްތަކެއް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.


އިއުލާނުގައިވާ ގޮތުން އެމްއެމްއޭގައި އިންޓަނަލް އޮޑިޓް ސެކްޝަނެއް ގާއިމުކުރަނީ މަސައްކަތްތަކުގައި ހުރި ހުސްކަން ފިލުވުމަށާއި އެމްއެމްއޭގެ ތެރެއިން އޮޑިޓް މެނުއަލްތައް ތައްޔާރު ކުރުމަށް ކަމަށެވެ. 


މި ނިޒާމް ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތަކުން މައުލޫމާތު ސާފުކުރުމަށް އިއުލާންކޮށްފައި ވަނީ މި މަހު 14 ވަނަ ދުވަހު އެވެ.