19 Feb 2013, 12:15
ރިސޯޓެއްގެ "ބާ"އެއް ފަޅާލައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ 2012 ވަނަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެރޭ ދަންވަރު ސ. ގަން އައިލެންޑް ރިޓްރީޓްގެ ބާ ފަޅާލާއި 21 ފުޅި ބަނގުރާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
ބަނގުރާ ފުޅިތައް ވަގަށް ނެގި މައްސަލާގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މ. ލިލީޕާކް، އިބްރާހީމް ހަމީދު 25، އާއި ސ. ފޭދޫ ރާޅު، ސަޖާހް ރަޝީދު 21،ގެ މައްޗަށެވެ.
އެ މައްސަލައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 27 ވަނަ ދުވަހު އެވެ.