19 Feb 2013, 09:11
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޜަންގައި ރޭ ވިޔަންސާގެ މައްޗަށް 38 ޕޮއިންޓް 56 ޕޮއިންޓުގެ ނަތީޖާއަކުން އެލްކިޔު ސްޕޯޓްސް ކުލަބް ކުރި ހޯދައިފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ކުއާޓާގައާއި ފަހު ކުއާޓާގައި ދެ ޓީމުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ކުއާޓާ އާއި ތިންވަނަ ކުއާޓާގައި އެލްކިޔުއިން ވަނީ ތަފާތު ބޮޑު ކުޅުމެއް ދައްކައިފަ އެވެ.
އެލްކިޔުއަށް ރޭގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އީވާން ޒާހިރު އެވެ. އޭނާ ވަނީ އެ ޓީމަށް 20 ޕޮއިންޓް ހޯދައި ދީފައެވެ. ވިޔަންސާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް ހޯދައިދިން ނަޝާތު ޝަރީފް އެވެ.
ތިރީސް ތިންވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެނުންގެ ތިންވަނަ ޑިވިޜަންގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޑީ ބާސްކެޓްބޯލް ކުލަބާއި ޓީ-ރެކްސް ސްޕޯޓްސް އެކަޑަމީ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.