ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ ވެބްސައިޓް މިއަދު ބަޔަކު ހެކްކޮށްފި އެވެ.

އިންޑިޔާ ހައިކޮމިޝަނުގެ ވެބްސައިޓް ހެކް ކުރުމަށް ފަހު، އެ ވެބްސައިޓުގެ ހޯމް ޕޭޖުގައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އިންޑިޔާ ހައިކޮމިޝަނުގައި ހުންނެވި ރައީސް ނަޝީދު އެތަނުން ނެރެ ހަވާލު ކުރުމަށް އަންގައި ދީފައިވާ އިންޒާރުގެ މެސެޖެއް ޝާއިއު ކޮށްފައެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އެ މެސެޖުގައި ބުނަނީ، "އަހަރެމެންނާ ނަޝީދު ހަވާލު ކުރާށޭ އެހެން ނޫނީ އަހަރެމެން ދިމާ ކުރާނީ އެމްބަސީއާ" ކަމަށެވެ.

އިންޑިޔަން ހައިކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ހައިކޮމިޝަނުގެ ވެބްސައިޓް ހެކް ކޮށްފައިވާ ކަން އެނގުމާއެކު އެކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.