18 Feb 2013, 17:30
ވ. ފެލިދޫ ނިއު ޖަނެރޭޝަންގެ ފަރާތުން ފެލިދޫ ފްރީސްކޫލަށް މި ވަގުތު ދަތިވެފައިވާ ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
ފެލިދޫ ނިއު ޖަނަރޭޝަނުން މިއަދު ބުނީ އެ ރަށު ޕްރީސުކޫލަށް ޕްރިންޓަރަކާއި ފްލޭޝަންއަކާއި ދެ ފަންކާއާ ހަދިޔާކޮށްފައިވާ ކަމަށެވެ.
އިއްޔެ ފެލިދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިޔާތެގައި އެ ޖަމިއްޔާގެ ފަރާތުން އެތަކެތި ކައުންސިލާ ހަވާލުކޮށްދިނީ ޖަމިއްޔާގެ ނައިބު ރައީސް އިބްރާހިމް ޝިޔާމް ކަމަށާއި އަދި އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ނައިބު ރައީސް ހަސަން އަލީ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ފެލިދޫގައި އުފެދުނު ދެވަނަ ޖަމިއްޔާ، ފެލިދޫ ނިއު ޖެނެރޭޝަނުން އެ ރަށު ތަރައްގީ އަށް ގެންދަނީ އެކި އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.