18 Feb 2013, 13:39
ދެހާސް އެގާރަ ވަނަ އަހަރު ޖަޕާނަށް ކުރިމަތިވީ ސުނާމީގައި ގެއްލުން ލިބުނު އަވަށަކަށް އެހީވުމުގެ ގޮތުން ގޮތް ނޭނގޭ މީހަކު ރަން ހަދިޔާކުރަން ފަށައިފި އެވެ.
ބީބީސީއިން ބުނާ ގޮތުގައި ޖަޕާނުގެ މިޔާގީ ޕާފެކްޗާގެ ކައިރީގައިވާ މަސްވެރި އަވަށެއް ކަމަށްވާ އިޝިނޮމަކީއަށް ރަނުގެ ހަދިޔާތައް ލިބެން ފަށާފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.
އެ އަވަށުގައި ހަރަކާތްތެރިވާ ސުނާސީ ސަޕޯޓް ގުރޫޕްތަކަކަށާއި، މަސް މާރުކޭޓަށް އެހީގެ ގޮތުގައި ޖުމްލަ ހަ ކިލޯ ގުރާމްގެ ރަން ހަނދިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިއީ ގާތްގަނޑަކަށް 250،000 ހާސް އެމެރިކާ ޑޮލަރު (3.8 މިލިއަން ރުފިޔާ) ގެ އަގުހުރި އެހީއެކެވެ.
އިޝިނޮމަކީގެ މަސް މާރުކޭޓުގެ އޮފިޝަލުން ބުނީ ގޮތް ނޭނގޭ ފަރާތަކުން ފޮނުވި ޕެކޭޖެއް އެއް ދުވަހު ކަނޑާލިއިރު އޭގެ ތެރޭގައި 24 ކެރެޓުގެ ދެ ގޯލްޑު ބާ އޮތް ކަމަށެވެ.
އެ އޮފިޝަލް ބުނީ ރަން ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރާނީ އިޝިނޮމަކީގެ މަސް މާރުކޭޓު އަލުން ބިނާ ކުރުމަށް ކަމަށެވެ.
މާޗު 14، 2011ގައި ޖަޕާނަށް ކުރިމަތިވި 9.0 ގެ ބާރުގަދަ ބިންހެލުމަށް ފަހު، ކުރިމަތިވި ސުނާމީއާ ވިދިގެން، ކުރިމަތިވި ނިއުކްލިއަރ ކާރިސާގައި 19،000 އަށް ވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ.
ޓޯކިޔޯގެ 350 ކިލޯ މީޓަރު ބޭރުގައިވާ އިޝިނޮމަކީގައި ބިންހެލުމާއި ސުނާމީގައި 3000 މީހުން މަރުވެފައިވާއިރު، 40،000 އަށް ވުރެއް ގިނަ އިމާރާތްތައް ބިމާ ހަމަވެފައިވާ ކަމަށްވެއެވެ.